އަމިއްލަ އޮންލައިން ވިޔަފާރިއެއް ފަސޭހަކަމާއެކު ފެށުމުގެ ފުރުސަތު އީޓުކުރިން

ޒަމާނާއެކު ފުޅާވަމުން އަންނަ އީކޮމާސްގެ ބާޒާރަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ހުނަރުވެރިންނާއި، ބުއްދިވެރި ވިޔަފާރިވެރިންނަށް ހުޅުވޭ ތަނަވަސް ފުރުސަތެކެވެ.

ނަމަވެސް، މި ދާއިރާއަށް ވަނުމަކީ ކޮންމެ މީހަކަށް ފަސޭހަ ކަމެއް ނޫނެވެ. އަމިއްލަ ވެބްސައިޓެއް ހަދައި، އިޝްތިހާރުކޮށް، އުފެއްދުންތައް ޑެލިވަރީކުރުން ފަދަ ކަންކަމަކީ ރާއްޖޭގެ ކުދި ވިޔަފާރިތަކަށް ހުރި ބޮޑެތި ދަތިތަކެވެ.

މޯލްޑިވްސް ޕޯސްޓުގެ އީކޮމާސް ޕްލެޓްފޯމް، އީޓުކުރީގެ ލޯކަލް ބައި އިފްތިތާހު ކުރުމާއެކު މިފަދަ ގިނަ މައްސަލަތަކަށް ވަނީ ހައްލެއް ލިބިފައެވެ. އީޓުކުރި ލޯކަލް އިން ފޯރުކޮށްދެނީ ފަސޭހަކަމާއެކު އަމިއްލަ އުފެއްދުންތައް ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް ވިއްކުމުގެ ފުރުސަތެވެ.

މި ޕްލެޓްފޯމް މެދުވެރިކޮށް މުދާ ވިއްކައި، ރާއްޖޭގެ ކޮންމެ ރަށަކަށް ޑެލިވާ ކުރުމުގެ އިތުރުން، އޮންލައިންކޮށް ފައިސާ ދެއްކުމާއެކު، ކަސްޓަމަރުންނާ ފަސޭހަ ކަމާއެކު މުއާމަލާތުކުރެވޭނެއެވެ. މީގެ އިތުރުން މުދާ އިޝްތިހާރު ކުރުމާއި، ވިޔަފާރިއާ ގުޅޭ އެހެނިހެން އެހީތެރިކަން ވެސް ލިބޭނެއެވެ.

އީޓުކުރި ލޯކަލް އަށް ރެޖިސްޓާވުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެއެވެ. ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރި ނަމަވެސް، ކަސްޓަމަރުގެ ގެއާ ހަމައަށް މުދާ ޑެލިވާ ކޮށްދޭއިރު، ފަސޭހައިން ވިޔަފާރި މެނޭޖްކޮށް، މާކެޓުކުރުމަކީ މި ޕްލެޓްފޯމް ބޭނުންކުރުމުގެ އެއް ފައިދާއެވެ.

މުދާ ޑެލިވާ ކުރުމަށް އެކި ސަރަހައްދުތަކަށް ސްޓޭންޑަޑް މުއްދަތުތަކެއް ކަނޑައަޅާފައިވާއިރު، މީގެ ތެރެއިން ގިނަ ސަރަހައްދުތަކަށް ފަސް ދުވަހުގެ ތެރޭގައި، ކަސްޓަމަރުގެ އެޑްރެހަށް މުދާ ފޯރުކޮށްދިނުމަށް ވަނީ ކަނޑައަޅާފައެވެ. އަދި މާލެ ސަރަހައްދުގައި 24 ގަޑިއިރު ތެރޭގައި ޑެލިވާ ކުރުމުގެ ޚިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ.

އީޓުކުރި ޕްލެޓްފޯމްގައި މިހާރު ދިވެހިރާއްޖޭގެ އެކިކަންކޮޅުތަކުން 200އަށް ވުރެ ގިނަ ވިޔަފާރި ބައިވެރިވެ އެކި ކެޓަގަރީތަކުގެ ޕްރޮޑަކްޓްވަނީ ލިސްޓްކުރެވިފައެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ބޭނުންވާ މުދާ ގަންނަން ރަށުގައި ހުރެގެން އީޓުކުރީގެ ލިންކަށް ވަދެ ވިޔަފާރިކޮށްލެވިދާނެއެވެ.

އީޓުކުރި ލޯކަލް ޕްލެޓްފޯމްގައި ބައިވެރިވާން ބޭނުންވާ މީހުންނަށާއި އެއްވެސް މައުލޫމާތެއް ބޭނުންވާ ނަމަ އީޓުކުރި ހޮޓްލައިން ނަމްބަރު 7632513އަށް ގުޅުމުން ނުވަތަ އީޓުކުރި ލޯކަލްގެ ސޯޝަލް މީޑިއާ ހޭންޑްލްސްތަކަށް މެސެޖް ކުރުމުން އެހީތެރިކަމާއި މައުލޫމާތު ލިބޭނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް