މި އަހަރު ޝަރަފުވެރިކަމުގެ އިނާމް 10 ބޭފުޅަކަށް

ރައީސް ޞާލިޙު ބޭފުޅަކަށް ގައުމީ އިނާމު ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ

މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު 10 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 19 ބޭފުޅަކަށާއި ތިން ފަރާތަކަށް ދެއްވުމަށް ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނީ ގައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، އެކަމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އެކުލަވައިލެއްވި ގައުމީ އިނާމާބެހޭ ކޮމިޓީއިން ކަމަށެވެ.

ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގަންނަވާ 10 ބޭފުޅުންގެ ތެރެއިން ފަސް ބޭފުޅުންނަކީ މީގެކުރިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ގައުމީ އިނާމު ދިނުމުގެ ރަސްމީ ޖަލްސާ އޮންނާނީ މާދަމާ ރޭ، 20:30ގައި ދަރުބާރުގޭގައެވެ.

އެ ޖަލްސާގައި ރައީސް ޞާލިޙް ދިވެހި ގައުމާ މުހާތަބު ކުރައްވާނެއެވެ.

މިދިޔަ އަހަރު ގައުމީ ޝަރަފްވެރިކަމުގެ އިނާމު ހަތަރު ބޭފުޅަކަށް ވަނީ އަރުވާފައެވެ. އަދި ހިތްވަރުދިނުމުގެ ގައުމީ އިނާމު 14 ބޭފުޅަކަށް އަރުވައިފައިވެއެވެ.

comment ކޮމެންޓް