އަނެއްކާވެސް ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނީ އައްޑޫ ސިޓީ ހިތަދޫން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ހެނދުނު 8:00 ގައި ކަމަށެވެ.
ގެއްލިގެން ހޯދަނީ އުމުރުން 28 އަހަރުގެ އުބައިދުﷲ ހަސަން ނަމަށް ކިޔާ ޒުވާނެކެވެ.
އެންމެ ފަހުން ފެނުނުއިރު ލައިގެން ހުރީ ސޯޓަކާއި ޓީޝާޓެއް ކަމަށް ފުލުހުން ބުންޏެވެ.
މިދިޔަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ހުޅުމާލެއިން ގެއްލިގެން ހޯދަމުންދިޔަ ޒުވާނަކު މަރުވެފައި އޮއްވާ މިއަދު ހަވީރު ވަނީ ފެނިފައެވެ. އެއީ ހ. ބޮނޑިކަނދޮޅުގޭ، މުޙައްމަދު އަޒުހާން، 27، އެވެ. އޭނާގެ ޕޯސްޓްމޯޓަމް ހެދުމަށް ފުލުހުން ވަނީ ނިންމާފައެވެ.