މޯލްޑިވްސް ޓޫރިޒަމް އެވޯޑުގެ ބެސްޓް ރިސޯޓް ރީތިރަށް ރިސޯޓަށް

"މޯލްޑިވްސް ޓޫރިޒަމް އެވޯޑު" ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ރާއްޖޭގައި މުޅިން އަލަށް ދޭންފެށި "މޯލްޑިވްސް ޓޫރިޒަމް އެވޯޑު"ގެ ބެސްޓް ރިސޯޓު އެވޯޑު ވަން އެންޑް އޮންލީ ރީތީރަށުން ހާސިލްކޮށްފިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި "މޯލްޑިވްސް ޓޫރިޒަމް އެވޯޑު" ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހެވެ. މީގެ އިތުރުން އެ ހަފުލާގައި ނައިބު ރައީސް ފައިސަލް ނަސީމާއި، ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްގެ އިތުރުން ދައުލަތުގެ އިސް ބޭފުޅުންނާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރައްވާ ގިނަ އަދަދެއްގެ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

މިރޭ ބޭއްވި ހަފްލާގައި ގިނަ ފަރާތްތަކަށް "މޯލްޑިވްސް ޓޫރިޒަމް އެވޯޑު" ދީފައިވެއެވެ. އެގޮތުން ބެސްޓް ރިސޯޓު އެވޯޑު ހިމެނޭހެން ހަ އެވޯޑެއް ރައީސް ވަނީ ހަވާލުކޮށްދެއްވާފައެވެ. އެ އެވޯޑުތަކަކީ:

  • ބެސްޓް ގެސްޓްހައުސް: ސަބާ ސަމާ ސުއިޓް
  • ބެސްޓް ސަފާރީ ވެސަލް: ގުރަހަލި ސަފާރީ ބޯޓް
  • ބެސްޓް ޓްރެވެލް އެޖެންސީ: އިންޓުއާ މޯލްޑިވްސް
  • ބެސްޓް ވޯޓާ ސްޕޯޓް ސެންޓާ: އޯޝަން ގްރޫޕް ޕްރައިވެޓް ލިމިޓެޑް
  • ބެސްޓް ޑައިވް ސެންޓަރު: ރަސްދޫ ޑައިވާސް ކުރަމަތި

މި ހަފުލާގައި އިތުރު 17 ފަރާތަކަށް ވަނީ އެވޯޑު ދީފައެވެ. އެ އެވޯޑުތައް ހަވާލުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. އެ 17 އެވޯޑަކީ:

  • ޕްރޮމޯޓިން ލޯކަލް ޑީޖޭ: ކޮންރަޑް މޯލްޑިވްސް
  • ޕްރޮމޯޓިން ލޯކަލް މިއުޒީޝަން: ހާޑްރޮކް ހޮޓެލް
  • ޕްރޮމޯޓިން ލޯކަލް ޕާރފޯމާސް: ވިލަމެންދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާ
  • ޕްރޮމޯޓިން ލޯކަލް ޕާރފޯމާސް: ރީތިބީޗް ރިސޯޓް
  • ޔޫޓިލައިޒޭޝަން ލޯކަލް ޕްރޮޑަކްޓް: ސްޓޭންޑާޑް ހުޅަވަޅި މޯލްޑިވްސް
  • ބެސްޓް ސްޓާފް އެކޮމޮޑޭޝަން: ޖޯލި މުރަމެންދޫ
  • ބެސްޓް ސްޓާފް ޑައިނިން: ކުރުނބާ މޯލްޑިވްސް
  • އެންޕްލޯއީ ހެލްތް ކެއާ އަދި އެކްސެލެންސް އިން ސްޓާފް ރިކްރިއޭޝަން: ވަން އެންޑް އޮންލީ ރީތިރަށް
  • ހަޔަސްޓް ނަންބާ ފީމޭލް އެންޕްލޯއީ: ޖޯލި މޯލްޑިވްސް
  • އެންމެ ގިނަ ދިވެހި މުވައްޒަފުން އުޅޭ ރިސޯޓް: ބަނޑޮސް މޯލްޑިވްސް
  • ސޭފަސްޓް ވޯކްފްލޭސް: ސައިލެގޫން ކްރޮސްރޯޑް

"މޯލްޑިވްސް ޓޫރިޒަމް އެވޯޑު" ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

  • ކެރިއަރ ޑިވެލޮޕްމަންޓް: ކޮންސްޓެންޓް ހަލަވެލި
  • ބެސްޓް ސްޓާފް ޑައިނިންގ އެކްސްޕީރިއަންސް، އެންޕްލޯއީ ހެލްތް ކެއަރ އަދި އެކްސެލެންސް ސްޓާފް ރިކްރިއޭޝަން: ސަމާ ސުއިޓް
  • ހަޔަސްޓް މޯލްޑިވިއަން އެންޕްލޯޔަރސް: އައިލެންޑް ލަގްޒަރީ ފުޅަދޫ
  • ސޭފެންސް ވޯކްޕްލޭސް: އިތާދިގުރަށް
  • ބެސްޓް ޑައިނިން: މޯލްޑިވްސް އެކްސްޕްލޯރަރ
  • ސޭފަސްޓް ވޯކްޕްލޭސް: ގުރަހަލި ސަފާރީ ބޯޓް
comment ކޮމެންޓް