އައްޑޫގައި ހުންނަ ޕީއެސްއެމް މީޑިއާ ސެންޓަރު ފަޅާލައި ވައްކަންކޮށްފި

އައްޑޫގައި ހުންނަ ޕީއެސްއެމްގެ މީޑިއާ ސެންޓަރު ފަޅާލައި ވަގަކު އެތަނަށް ވަދެ ---

މިދިޔަ ހުކުރު ދުވަހުގެ މެންދުރު ފަހު އައްޑޫސިޓީ ހިތަދޫގައި ހުންނަ ޕީއެސްއެމް މީޑިއާ ސެންޓަރު ފަޅާލައި އެތަނުން ގިނަ އަދަދެއްގެ ސާމާނު ވަގަށް ނަގައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އިއްޔެކަމަށެވެ.

"މައްސަލަ ދަނީ ތަހުގީގުކުރަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ޚާލިދު "ސަން"އަށް ވިދާޅުވީ އައްޑޫގައި ހުންނަ ޕީއެސްއެމް މީޑިއާ ސެންޓަރު ފަޅާލައި ވައްކަން ކުރިކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ. ނަމަވެސް ހާދިސާ ހިނގިގޮތުގެ ތަފްސީލު އަދި ލިބިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

"އެތަނުން ވަގަށް ނެގީ ކޮން އެއްޗެއް ކަމެއް އަދި އަޅުގަނޑަކަށް ނޭނގެ،" އޭނާ ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި އެ އޮފީހުގައި މަސައްކަތްކުރަނީ އެންމެ މީހެކެވެ. އަދި އެ އޮފީހުގައި ސެކުއުރިޓީ ބަލަހައްޓަނީ ސީސީޓީވީ ކެމެރާއިންނެވެ.

އެނގިފައިވާގޮތުގައި އެ އޮފީހުން ވަގަށް ނަގާފައިވަނީ ލެޕްޓޮޕަކާއި ޕްރިންޓަރެއްގެ އިތުރުން އޮފީހުގައި ހަރުކުރަން ބާއްވާފައި އޮތް އޭސީއެކެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

comment ކޮމެންޓް