ރާއްޖެއާއި އިންޑިއާއި ދެމެދު 100 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

އިންޑިއާއިން ރާއްޖެއަށް ދޭން ނިންމި އިތުރު 100 މިލިއަން ޑޮލަރޔުގެ ކްރެޑިޓް ލައިން އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ / ފޮރިން މިނިސްޓްރީ

ރާއްޖޭގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމަށް އިންޑިއާއިން ދޭން ނިންމި އިތުރު 100 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މިއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޫކުރާ 100 މިލިއަން ޑޮލަރު ލޯނެކެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިންޑިޔާގެ ފޮރިން ސެކްރެޓަރީ ވިނޭ މޯހަން މިހާރު ރާއްޖެއަށް ކުރައްވަމުދާ ރަސްމީ ދަތުރުފުގައި ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް 100 މިލިއަން ޑޮލަރުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރެވެ. އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ އެގްޒިމް ބޭންކުގެ ޖެނެރަލް މެނޭޖަރު ނިރްމިތު ވެޑްއެވެ.

މި އެއްބަސްވުމުގެ މަގްސަދަކީ ރާއްޖޭގައި މިހާރު ހިންގަމުންދާ އުމްރާނީ ތަރައްގީގެ މުހިންމު ގިނަ މަޝްރޫއުތަކަށް ލުއި ފަސޭހަގޮތްތަކެއް ހޯދައިދިނުމާއި، ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ދުޅަހެޔޮކަމާއި، ޢާންމު ރައްޔިތުންގެ ލާބައާއި މަންފާއަށް ޓަކައި އިންޑިއާ ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުން ރަމްޒުކޮށްދޭ އެއްބަސްވުމެއް ކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

މީގެއިތުރުން ރާއްޖެ އަށް އިންޑިއާއިން ވަނީ ސަރުކާރުގެ 100 ދުވަހުގެ ވައުދު ފުއްދުމެ ގޮތުން 2018 ވަނަ އަހަރުވެސް އެހީ ދީފައެވެ. މީގެ އިތުރުން ސަރުކާރުން ވަނީ އިތުރު ލޯނެއް މި އަހަރު ނުނަގާނެކަމަށް ސަރުކާރުން މީގެކުރިން ވަނީ ބުނެފައެވެ.

comment ކޮމެންޓް