ކޮންޑޯއިން އަނެއްކާވެސް މާލެ-ފްރޭންކްފާޓް ގުޅާލަނީ

ޖަރުމަނުގެ ކޮންޑޯ އެއާލައިނުގެ ބޯޓެއް: އެ އެއާލައިނުގެ ދަތުރުތައް މާދަމާ ރާއްޖެއަށް ފަށާނެ ---

ޖަރުމަނުގެ އެންމެ މަގުބޫލު ލެޝާ އެއާލައިން، ކޮންޑޯ އިން މާދަމާ ރާއްޖެއަށް ދަތުރުތައް ފެށުމަށް ނިންމާފައިވާއިރު މާލެ-ފްރޭންކްފާޓް ގުޅާލާނެއެވެ.

ކޮވިޑް19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމުގެ ކުރިން އެ އެއާލައިން އިން ރާއްޖެއަށް ދަތުރު ކުރިއެވެ. އަދި އޭގެ ފަހުން ވެސް އެ އެއާލައިނުން ރާއްޖެ އަށް ދަތުރުތައް ފަށައި ޖަރުމަނުގެ ފްރޭންކްފާޓް އާއި މާލެ އާ ދެމެދު ހަފުތާއަކު ދެ ދަތުރު ކުރިއެވެ.

މެދުކެނޑުމަކަށްފަހު އަލުން ކޮންޑޯއިން މާދަމާ ރާއްޖެއަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިމިވަނީ ފަތުރުވެރިކަމުގެ ސީޒަން ފެށޭ ދުވަސްކޮޅާ ދިމާކޮށެވެ. މިފަހަރު ކޮންޑޯއިން ރާއްޖެއަށް ހަފުތާއެކު ތިން ދަތުރު ކުރުމަށް ވަނީ ނިންމާފައެވެ. ފްރެންކްފާޓުން ސީދާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއޭއައި) އަށް ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ހޯމަ, ބުުދަ އަދި ހޮނިހިރު ދުވަހެވެ.

ޖަރުމަނަކީ ރާއްޖޭގެ ޓޫރިޒަމްގެ މުހިއްމު މާކެޓަކެވެ. މިހާރު ވެސް ޖަރުމަންގެ ލުފްތަންސާ އެއާލައިނުން ރާއްޖެ އާއި ޖަރުމަނާ ދޭތެރޭ ދަތުރުކުރެއެވެ.

comment ކޮމެންޓް