ފަތުރުވެރިކަމަށް 50އަހަރު ފުރުން ފާހަގަކުރުމަށް އަންނަ ހޯމަ ދުވަސް ސަރުކާރު ބަންދު

ވެލާނާގެ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ފަތުރުވެރިކަމަށް 50އަހަރު ފުރުން ފާހަގަކުރުމަށް އަންނަ ހޯމަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކަނޑައަޅުއްވައިފިއެވެ.

އެގޮތަށް އެކަން ކަނޑައަޅައި އިއުލާން ކޮށްފައިވަނީ މި އަހަރުގެ އޯގަސްޓު މަހުގެ 14 ވަނަ ދުވަހު ގައި ރައީސް އޮފީހުން ނެރުނު ދެންނެވުމެއްގައެވެ.

އޭގައިވާ ގޮތުން އަންނަ ހޯމަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅީ ވަޒީރުންގެ މަޖިލީހުގެ ލަފާގެމަތީންނެވެ.

އެގޮތުން އަންނަ ހޯމަ ދުވަަހަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50އަހަރު ފުރޭ ދުވަހަށް ވުމާއެކު މި އަހަރަކީ ގައުމީ ފަތުރުވެރިކަމުގެ ދުވަސް ފުރަތަމަ ފަހަރަށް ފާހަގަކަ ކުރާ އަހަރު ކަމަށްވުމާއެކު އެ ދުވަސް ކުލަގަދަގޮތެއްގައި ފާހަގަކުރުމަށްޓަކައި އަންނަ ހޯމަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ކަމަށް ރައީސް އޮފީހުން ނެރުނު ދެންނެވުމުގައިވެއެވެ.

އޮކްޓޫބަރު މަހުގެ ތިންވަނަ ދުވަހަކީ، މީގެ 50 އަހަރުކުރިން، ރާއްޖޭގެ ފުރަތަމަ ރިސޯޓު، ކުރުނބާ މޯލްޑިވްސް ހުޅުވި ދުވަހެވެ. މި އަހަރުން ފެށިގެން އެ ދުވަހަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ރައީސް ވަނީ ނިންމަވާފައެވެ.

comment ކޮމެންޓް