އެޕަލް ފްލެގްޝިޕް އައިފޯން 14 ޕްރޯއިން އިތުރު މައްސަލަތަކެއް ފެންމަތިވެއްޖެ

އައިފޯން 14 ޕްރޯ ގެންގުޅޭ ފަރާތްތަކަށް އަނެއްކާވެސް އިތުރު މައްސަލަތައް ފާހަގަވަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޖުމްލަގޮތެއްގައި ދަންނަވާނަމަ އާ ފޯނުތަކުގައި ހުންނަ ބަގްސްއަކީ ކޮންސިއުމަރުންނަށް އާންމުކޮށް ދިމާވަމުން އަންނަ މައްސަލަތަކެކެވެ. އެގޮތުން އައިފޯން 14 ޕްރޯގެ މައްސަލަތަކެއް ދާދިފަހުން ވެސް ވަނީ ފާހަގަވެފައެވެ. އެ ފަހަރު ދިމާވި މައްސަލަތަކުގެ ތެރެއިން ކެމެރާ ތެޅުމުގެ މައްސަލަ އެޕަލްއިން ވަނީ ހައްލުކޮށްދީފައެވެ.

އައިފޯނު 14 ޕްރޯއިން އެންމެފަހުން ފާހަގަކުރެވިގެން މިއުޅޭ މައްސަލަ ތަކުގެ ތެރޭގައި ހިމެނެނީ، ރެންޑަމް ރީސްޓާޓިން މައްސަލައަކާއި، ސެލިއުލާ ކަނެކްޓިވިޓީގެ މައްސަލަތަކެވެ.

އެޕަލްގެ 999 ޑޮލަރު (ސްޓާޓިން ޕްރައިސް) ހޭންޑްސެޓް އައިފޯން 14 ޕްރޯ މެކްސް އާއި ސްޓޭންޑަޑް އައިފޯން 14 އާ އެކު މި މަހުގެ ކުރީކޮޅު ނެރުނުއިރު، ކޮންސިއުމަރުންގެ ޝަކުވާއަކީ އެ ފޯނުގަތުމަކުން އުފަލެއް ނުލިބުމެވެ. އޮގޮތުން ބައެއް ރެޑިޓަރުން މައުލޫމާތު ދޭ ގޮތުގައި ޗާޖު ކުރާއިރު ކޮންމެ 10 މިނެޓަކުން ގާތްގަނޑަކަށް މަދުވެގެން އެއްފަހަރު ރެންޑަމްކޮށް މި ޑިވައިސް އަލުން ރީސްޓާޓްވެއެވެ.

އެހެން ބައެއް ޔޫޒަރުން ލިޔެފައިވާ ގޮތުގައި އައިއޯއެސް 16.0.1 އަދި 16.0.2 ގައި ވެސް ވަޔަލެސް ޗާޖިން ސޮލިއުޝަން ދެ ފަރާތް ބޭނުން ކުރާއިރު ވެސް ހަމަ އެ މައްސަލަ ދަނީ ކުރިމަތިވަމުންނެވެ. ބައެއް މީހުން ބުނަނީ އެމީހުންގެ އައިފޯން 14 ޕްރޯ މެކްސް ޑިވައިސްތަކުގައި ވެސް ހަމަ އެ މައްސަލަ ދިމާވެފައިވާ ކަމަށެވެ.

އެއް ކޮމެންޓެއްގައި ބުނަނީ އެޕަލް ސަޕޯޓް އިން ލަފާ ދިނީ ޑީއެފްޔޫ ނުވަތަ ރިކަވަރީ މޯޑުގައި ބެކްއަޕް އިން ޑިވައިސް އަލުން ރީ އިންސްޓޯލް ކޮށްލުމަށް ކަމަށެވެ. އަދި އޮޕްޓިމައިޒްކޮށްފައިވާ ޗާޖިން، ޔޫފީ އެޕް އިންސްޓޯލް ނުކުރުމަށް ވެސް އިލްތިމާސްކުރިއެވެ. ނަމަވެސް މިއިން އެއްވެސް ކަމަކުން މައްސަލަ ހައްލުވި ކަމަށް ޤަބޫލު ނުކުރާކަމަށް ލިޔުންތެރިޔާ ލިޔުއްވައެވެ.

އައިފޯން 14 ޕްރޯއިން ފެނުނު ނެޓްވޯކް ކަނެކްޓިވިޓީގެ މައްސަލައަކީ ހަމައެކަނި އެންމެ ނެޓްވޯކަކަށް ދިމާވި ކަމެއް ނޫނެވެ. ވެރިޒޮން ގެ ބައެއް ކަސްޓަމަރުން ވެސް ބުނާ ގޮތުގައި 5ޖީ ސެލިއުލާ ކަނެކްޝަންތައް ވަރަށް ބޮޑަށް ދަށްވެ، ރެންޑަމްކޮށް އެމައްސަލަ އަންނަނީ ދިމާވަމުންނެވެ.

އައިފޯން 14 ޕްރޯ އާއެކު ވެރިޒޮން ނެޓްވޯކްގައި ހިމެނޭ މީހުންގެ ތެރެއިން 100 މީހުން ވަނީ 5ޖީ ސްޕީޑް ދަށް ވެގެން ރިޕޯޓްކޮށްފައެވެ. ޗާޖިން މައްސަލަ އެކޭ އެއްފަދައިން، އޭގެ އަސަރު ކުރަނީ ކިތައް މީހުންނަށް ކަމެއް އަދި ސާފެއް ނުވެއެވެ. އޭގެ ތެރެއިން އެއް ފަރާތެއް ނަމަ އެންމެ ރަނގަޅު ގޮތަކީ ވޯކިން ރިޕްލޭސްމަންޓަކަށް ހޭންޑްސެޓް އަނބުރާ ދިނުންކަމަށް މިފަދަ ޚަބަރުތައް ގެނެސްދޭ ސައިޓް ތަކުގައި ލަފާދީފައިވެއެވެ.

އައިފޯނު ކެމެރާއަށް ދިމާވި މައްސަލަ އައިއޯއެސް 16.0.2 އަޕްޑޭޓާއެކު އެޕަލް އިން ހައްލުކޮށްދީފައި ވާއިރު ބެލެވެނީ ފަހުން މިފެނުނު ކަނެކްޓިވިޓީ މައްސަލައާއި، ރީސްޓާޓިން މައްސަލަވެސް އާ ސޮފްޓްވެއާ އަޕްޑޭޓަކާއެކު މާދުރު ނޫން މުސްތަޤުބަލެއްގައި އެޕަލްއިން ހައްލުކޮށްދޭނެ ކަމަށެވެ.

comment ކޮމެންޓް