ޑްރިޝްޔަމް 2: ކޭސް އަލުން ހުޅުވަނީ

ދެހާސް ފަނަރަ ވަނަ އަހަރު ނެރުނު ފިލްމު، ޑްރިޝްޔަމް 2ގެ ޓްރެއިލާ އެއް ދައްކާލައި ފިލްމު ރިލީޒްކުރާ ތާރީހު އިއުލާންކޮށްފިއެވެ.

އަޖޭ ދޭވްގަންގެ ތަފާތު އެކްޓިން އެއް ފެނުނު މި ފިލްމަކީ، 2013 ވަނަ އަހަރު ނެރެފައިވާ 'ޑްރިޝްޔަމް'ގެ ހިންދީ ރީމޭކް އެކެވެ. މި ފިލްމުގައި ދައްކުވައިދެނީ އަޖޭގެ ދަރިއަކަށް ދިމާވާ ހާދިސާ އަކުން ސަލާމަތް ކުރުމަށް މީހަކު މަރާލައި އެ މަރުގެ ތުހުމަތު އެޅުމުން އެކަމުން ސަލާމަތްވާން އާއިލާއެއް ކުރާ މަސައްކަތެވެ. ފިލްމުގައި އަޖޭ އާއެކު ލީޑް ރޯލަކުން އިންސްޕެކްޓާ ޖެނެރަލްގެ ގޮތުގައި ތައްބޫވެސް ފެނެއެވެ.

މި ފިލްމުގެ ސީކުއެލްއެއްގެ މަސައްކަތް ކުރަމުން އަންނަކަން މީގެ ކުރިން އިއުލާންކޮށް މިހާރު ވަނީ ބެލުންތެރިންނަށް ކުރު ޓީޒާ އެއް ދޫކޮށްލާފައެވެ.

އަޖޭގެ އިންސްޓަގްރާމް އެކައުންޓުގައި ދޫކޮށްލި މި ޓީޒާ އިން ފެންނަނީ އެ ކޭސް އަލުން ހުޅުވައި އެކަމުގައި ތުހުމަތު ކުރެވޭ މީހުންނާ ސުވާލުކުރާ މަންޒަރެވެ. އަދި 'ބައެއް ސިއްރުތަކަކީ ވަޅު ނުލެވޭނެ ސިއްރުތަކެއް' ކަމަށް ޓީޒާ އިން ދައްކުވައެވެ. ޕޮލިސް ކޮމިޝަނަރގެ ރޯލުން ތައްބޫ ފެންނަ އިރު އޭނާގެ ޑައިލޮގެއްވެސް ޓީޒާގައި ފެނެއެވެ. މި ކުރު ޓީޒާގައި އަޖޭ ކުށަށް އިއުތިރާފުވާ ފަދަ ގޮތަކަށް އިޝާރާތެއް ކޮށްލައެވެ. އެހެންނަމަވެސް، މިއީ ކިހާވަރެއްގެ ހަގީގަތެއްކަން އެނގޭނީ ފިލްމު ރިލީޒް ކުރުމުންނެވެ.

ގިނަ ބައެއްގެ މަގުބޫލުކަން ލިބުނު ޑްރިޝްޔަމްގެ ސީކުއެލް ނެރެން ހަމަޖެހިފައިވަނީ ނޮވެމްބަރު 18ގައެވެ.

ޑްރިޝްޔަމް2 ޕްރޮޑިއުސް ކޮށްފައި ވަނީ ބުޝަން ކުމާރު އާއި ކުމާރު މަންގަތު ޕަތަކް، އަބީޝޭކް ޕަތަކް އަދި ކްރިޝަން ކުމާރުއެވެ. ޑްރިޝްޔަމްގެ ފުރަތަމަ ފިލްމަށް ގިނަ ކްރިޓިކުންނާއި ބެލުންތެރިންގެ ލޯބި ލިބުނު އިރު ދެވަނަ ފިލްމަށް ކުރެވޭ އުއްމީދު ބޮޑު ކަމަށް އަޖޭ ދޫކޮށްލި ޓީޒާގެ ކޮމެންޓުތަކުގައި ފޭނުން ލިޔެފައިވެއެވެ.

comment ކޮމެންޓް