ވެލިދޫ މެޖިސްޓްރޭޓްގެ މައްސަލަ އޭސީސީއަށާއި ފުލުހުންނަށް

ނ. ވެލިދޫ ކޯޓުގެ ކުރީގެ އިސް މެޖިސްޓްރޭޓް އަހްމަދު ސައީދު އަލީ --

ނ. ވެލިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓްކަމުން އިސްތިއުފާދެއްވި އަހްމަދު ސައީދު އަލީގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ ފުލުހުންގެ އިދާރާ އަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުށަހަޅައިފިއެވެ.

މި މަހުގެ ފަސް ވަނަ ދުވަހު ސައީދު އިސްތިއުފާދެއްވީ އޭނާގެ ސުލޫކީ މައްސަލައެއް ބަލަން އެ ކޮމިޝަނުން ނިންމުމުންނެވެ.

އޭނާ އިސްތިއުފާދިނުމުން ސުލޫކީ މައްސަލަ ވަނީ ފައިލްކޮށްފައެވެ. އަދި އެ މައްސަލަ ފުލުހުންގެ އިދާރާ އަށާއި އޭސީސީއަށް ހުށަހަޅަން ނިންމާފައި ވަނީ މިދިޔަ އާދިއްތަ ދުވަހު ބޭއްވި އެ ކޮމިޝަންގެ 66ވަނަ ޖަލްސާގައި ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

comment ކޮމެންޓް