ސްޓެލްކޯ ފްލެޓުގެ ބެލްކަންޏެއްގައި ހުރި ކުނިތަކެއްގައި ރޯވެއްޖެ

ސްޓެލްކޯ ފްލެޓުގެ ބެލްކަންޏެއްގައި އަލިފާން ރޯވެފައި

ސްޓެލްކޯ ފްލެޓުގެ ހަތަރުވަނަ ފަންގިފިލާގެ ބެލްކަންޏެއްގައި ހުރި ކުނިތަކެއްގައި ރޯވެއްޖެއެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ ސްޓެލްކޯ ފްލެޓުގެ ބެލްކަންޏެއްގައި ރޯވެގެން އުޅޭކަމުގެ ރިޕޯޓް މިއަދު އިރުއޮއްސި 18:45 ހާއިރު ހުޅުމާލޭ ފަޔާ ސްޓޭޝަނަށް ލިބިފައިވާކަމަށެވެ.

އަދި ހާދިސާ ހިނގި ސަރަހައްދަށް އެފްއާރުއެސްގެ ސިފައިން ދިޔައިރު ގޭގެ ވެރިފަރާތުން އެއްކޮށް އަލިފާން ނިއްވާލާފައި ވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.

"މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވޭ،" އެމްއެންޑީއެފުން ބުންޏެވެ.

ނަމަވެސް ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަގޮތުގައި ބެލްކަނީގެ ބޮޑު ބައެއްގައި އަލިފާން ރޯވެފައިވެއެވެ.

comment ކޮމެންޓް