ގަވާއިދާ ޚިލާފަށް ރަޖިސްޓްރީ ކޮށްފައިވާ 50 ވެހިކަލެއްގެ ރަޖިސްޓްރީ ބާތިލު ކޮށްފި

ހުޅުމާލޭގައި ޕާކްކޮށްފައިވާ ވެހިކަލްތަކެއް: ގަވާއިދާ ޚިލާފަ ރަޖިސްޓްރީ ކޮށްފައިވާ 50 ވެހިކަލެއްގެ ރަޖިސްޓްރީ ވަނީ ބާތިލްކޮށްފައި --- ސަން ފައިލް ފޮޓޯ

ގަވާއިދާ ޚިލާފަ ރަޖިސްޓްރީ ކޮށްފައިވާ 50 ވެހިކަލެއްގެ ރަޖިސްޓްރީ ޓްރާންސްޕޯޓް މިނިސްޓްރީ ބާތިލު ކޮށްފިއެވެ.

މިނިސްޓްރީން ކޮށްފައިވާ އިއުލާންގައި ވަނީ ގަވާއިދާ ޚިލާފަށް ރަޖިސްޓްރީ ކޮށްފައިވާ ވެހިކަލް ތަކެއްކަން މިނިސްޓްރީއަށް ފާހަގަކުރެވިފައިވާތީ އެ ވެހިކަލްތަކުގެ ރަޖިސްޓްރީ ބާތިލް ކޮށްފައިވާކަމަށެވެ.

މި ވެހިކަލްތަކުގެ ތެރޭގައި ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭ އުމުރު ހަމަވެފައިވާ ވެހިކަލްތަކާއި ގަވާއިދާ ޚިލާފަށް މާލޭ ޒޯނަށް ރަޖިސްޓްރީ ބަދަލުކޮށްފައިވާ ވެހިކަލްތައް ހިމެނޭ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ރަޖިސްޓްރީ ބާތިލް ކޮށްފައިވާ ވެހިކަލްތަކުގެ ރަޖިސްޓްރީ ނަންބަރު ވަނީ ސަރުކާރުގެ ގެޒެޓްގައި އާންމުކޮށްފައެވެ.

މާލޭގައި ވެހިކަލް ރަޖިސްޓްރީ ކުރުމަށް ޖެހެނީ ގަރާޖު ގެންގުޅޭ މީހަކަށް ފައިސާދީގެން ގަރާޖުގައި ޕާކުކުރުމުގެ ލިޔުމެއް ގަންނާށެވެ. ގަރާޖު ސިޓީ އާންމުކޮށް ވިއްކަނީ 80,000 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ.

ގަރާޖުގައި ރަޖިސްޓްރީ ކުރުމުގެ ހުއްދަ ދީފައިވާ ވަރަށް ވުރެންގިނަ އިން ބައެއް ގަރާޖުތަކުގައި ވެހިކަލް ރަޖިސްޓްރީ ކޮށްފަ ހުންނަކަން މިނިސްޓްރީން މީގެކުރިން ފާހަގަކޮށްފައިވެއެވެ.

comment ކޮމެންޓް