ކޯރާޑިން ހަމަލަ ދިނުމަށްފަހު ފިލި 'ވަގު' އަތުލައިގެންފި، ޝަރީއަތް ނިމެންދެން ބަންދަށް

ވަގު ހުއްޓުވަން މަސައްކަތްކުރި މީހާއަށް އަނިޔާވެފައި --- ފޮޓޯ: މިހާރު

ގެއަކަށް ވަގަތް ވަދެ މީހަކަށް ކޯރާޑިން ހަމަލަދިނުމަށްފަހު ފިލި 'ވަގު' ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފިއެވެ.

އެ ހާދިސާ ހިނގާފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ. އޭނާ ހުއްޓުވަން މަސައްކަތްކުރި މީހާއަށް ކޯރާޑިއަކުން ހަމަލަ ދިނުމަށްފަހު ވަނީ ފިލާފައެވެ.

އެ މައްސަލައާ ގުޅިގެން އެއް މަސް ދުވަސް ފަހުން އިއްޔެ ހައްޔަރު ކޮށްފައިވަނީ ބަންގުލަދޭޝްއަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ ކާޒީ މުހައްމަދު އިސްމާއީލް ނަމަކަށް ކިޔާ މީހެކެވެ.

ކުށުގެ ރިކޯޑް އޮންނަ އެ މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފައެވެ.

comment ކޮމެންޓް