ފާއިތުވި ހަފުތާގައި ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު އޭގެ ކުރީ ހަފުތާއަށް ވުރެ ދަށަށް ގޮސްފައިވާ ކަމަށް, ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން މި މަހުގެ ހަތަރު ވަނަ ދުވަހުން، މިދިޔަ ހޮނިހިރު ދުވަހާ ދެމެދު މާލެ ސަރަހައްދުން 14 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
އަތޮޅުތެރެއިން ހަތަރު މީހަކު ޕޮޒިޓިވްވިއިރު، ރިސޯޓުތަކާއި، ސަފާރީތަކާއި ސިނާއީ ރަށްތަކުން 24 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
މިދިޔަ ހަފުތާގައި ޖުމްލަ 42 މީހުންނަށް ކޮވިޑް ޖެހިގެން ރިޕޯޓު ކޮށްފައިވާއިރު އޭގެ ކުރީ ހަފުތާގައި 68 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.
މިދިޔަ ހަފުތާގައި އަށް މީހުން އެ ބަލީގައި އެނދުމަތި ކޮށްފައިވާއިރު އޭގެ ކުރީ ހަފުތާގައި އެކަކު ވަނީ ކޮވިޑްގެ ސަބަބުން އެނދުމަތިކޮށްފައެވެ.
މިހާތަނަށް މުޅި ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 184،966އަށް އަރާފައިވާއިރު ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދަކީ 308އެވެ.