އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމި 18 ޒުނާވުންނަށް އެމްޕީއެލްއިން ވަޒީފާ ދީފި

އެމްޕީއެލްގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމި މީހަކަށް އެކުންފުނީގެ ސީއީއޯ ސެޓްފިކެޓް ހަވާލުކުރައްވަނީ -- ފޮޓޯ/ އެމްޕީއެލް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމި 18 ޒުވާނުންނަށް އެ ކުންފުނިން ވަޒީފާ ދީފިއެވެ.

އެމްޕީއެލްއިން ޒުވާނުން ތަމްރީނުކުރި ދާއިރާތަކަކީ ކާޕެންޓްރީ، ހެވީ ވެހިކަލް، ވެލްޑިން، ޓަގް ބޯޓު އޮޕަރޭޝަން، ހެލްތު އެންޑް ސޭފްޓީ، އެޑްމިނިސްޓްރޭޝަން އަދި އިންޖިނިއަރިންއެވެ. މި ހަތް ދާއިރާއިން 45 ޖާގައަށް މިދިޔަ މާޗު މަހު ހުޅުވާލުމުން 20 މީހަކު ވަނީ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވެފައެވެ.

އެމްޕީއެލްގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމި ދަރިވަރުން -- ފޮޓޯ/ އެމްޕީއެލް

އޭގެތެރެއިން ވަޒީފާ ހަމަޖެއްސި 18 ޒުވަނުންނަށް އިއްޔެ ވަނީ ގައުމީ ޔުނިވަސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި ވަޒީފާގެ ލިޔުން ހަވާލުކޮށްފައެވެ. ލިޔުން ހަވާލުކޮށްދެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ.

އެމްޕީއެލް އިން ކުރިއަށް ގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ކޮންމެ އަހަރަކު ވެސް 3،000 ޒުވާނުން ތަމްރީނު ކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ޕްރޮގްރަމެކެވެ.

comment ކޮމެންޓް