ހާލަންޑުގެ ހެޓްރިކުން ސިޓީން ފަހަތުންއަރައި ކްރިސްޓަލް ޕެލެސް ބަލިކޮށްފި

ހާލަންޑް ގޯލުޖެހުމަށްފަހު އުފާ ފާޅުކުރަނީ---

އިނގިރޭސި ޕްރިމިއާ ލީގިގައި މެންޗެސްޓާ ސިޓީން ފަހަތުންއަރައި ކްރިސްޓަލް ޕެލަސް ބަލިކޮށްފިއެވެ.

މިރޭ ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗު އެ ޓީމުން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗުގައި ދެ ޓީމުގެ ފާރާތުން ވެސް ގޯލު ޖަހާނެ ފުރުސަތުތައް ވަނީ ފެނިފައެވެ. އަދި ސިޓީން ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައެވެ.

މިރޭގެ މެޗުގައި ގޯލުޖަހައި ފުރަތަމަ ލީޑު ނެގީ ޕެލަސްއިންނެވެ. އެ ގޯލަކީ މެޗުގެ ހަތަރު ވަނަ މިނެޓުގައި ސިޓީގެ ޖޯން ސްޓޯން ގައިގައި ޖެހިފައި ވަން ބައި ގޯލެކެވެ.

މެޗުގެ 21 ވަނަ މިިނެޓުގައި ޕެލަސްއިން ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ. އެ ގޯލަކީ އެބްރާޗީ އެޒޭގެ އެހީތެރިކަމާއެކު ޖޯޗްމިން އެންޑަސަން ޖެހި ގޯލެކެވެ.

ނަމަވެސް މެޗުގެ 53 ވަނަ މިނެޓުގައި ސިޓީގެ ބަނާޑޯ ސިލްވާ ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. އެ ގޯލަކީ ރޮޑްރީގެ އެހީތެރިކަމާއެކު އޭނާ ޖަހައިފައިވާ ގޯލެކެވެ.

މީގެއިތުރުން ސިޓީގެ ފިލް ފޯޑެންގެ އެހީތެރިކަމާއެކު މެޗުގެ 62 ވަނަ މިނެޓުގައި އާލިން ހާލަންޑް ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

މެޗުގެ 70 ވަނަ މިނެޓުގައި ސްޓޯންގެ އެހީތެރިކަމާއެކު ހާލަންޑު އަނެއްކާ ގޯލެއްޖަހައި މެޗުގެ ލީޑު ސިޓީއަށް ނަގައިދިނެވެ. އަދި މެޗުގެ 81 ވަނަ މިނެޓުގައި ގުންޑަގަން ތަނަވަސްކޮށްދިން ފުރުސަތެއްގެ ބޭނުންހިފައި ހާލަންޑު ވަނީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ.

އެ ނަތީޖާއާއެކު ކުޅުނު ހަތަރު މެޗުން ލިބުނު 10 ޕޮއިންޓާއެކު ސިޓީ ވަނީ ތާވަލްގެ އެއްވަނައަށް ޖެހިލައިފައެވެ. އަދި މެޗުން ބަލިވި ކްރިސްޓަލް ޕެލެސް، ކުޅުނު ހަތަރު މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 13 ވަނައިގައެވެ.

comment ކޮމެންޓް