ޗެލްސީގެ އެމަސަންގެ ސޮއި ވެސްޓުހަމްއިން ހޯދައިފި

ޗެލްސީގެ އެމަސަން---

ވެސްޓް ހޭމް ޔުނައިޓެޑުން ޗެލްސީ އަތުން ވާތް ފަރާތު ބެކް އެމާސަން ޕަލްމިއެރީގެ ސޮއި ހޯދައިފިކަމަށް އެ ކަލުބުން އިއުލާނުކޮށްފިއެވެ.

އިނގިރޭސި މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުގައި މިދިޔަ އަހަރުގެ ޔޫރޯ ކާމިޔާބުކުރި އިޓަލީ ޓީމުގައި ހިމެނުނު އެމަސަން ވެސްޓްހަމްއަށް ގެނެސްފައިވަނީ 13 މިލިއަން ޕައުންޑްގެ އަގަކަށްކަމަށެވެ.

އޭއެސް ރޯމާއިން 2018 ވަނަ އަހަރު ޗެލްސީއަށް ބަދަލުވި އުމުރުން 28 އަހަރުގެ އެމަސަންއަށް އެ ޓީމުގެ ފުރަތަމަ 11 އިން ގަވާއިދުން ޖާގަނުލިބެއެވެ. އަދި މިދިޔަ ސީޒަނުގައި ލޯނު އުސޫލުން ފްރާންސްގެ ފްރާންސްގެ އޮލިމްފިކް ލިއޮނައިސްއަށް އޭނާ ވަނީ ކުޅެފައެވެ.

ވެސްޓަހަމްއަށް ބަދަލުވެ އެ ޓީމަށް ދިން އިންޓަވިއުއެއްގައި އެމަސަން ބުނެފައިވަނީ ޗެލްސީ ދޫކޮށް އެހެން ޓީމަށް ބަދަލުވުމަކީ ވަރަށް ބޮޑު ޗެލެންޖެއްކަމަށެވެ. އަދި ބަދަލުވެވުނު ވެސްޓްހަމްއަކީ ވެސް ޗެލްސީއެކޭ އެއްފަދައިން ބޮޑު ކުލަބެއްކަމަށާއި، އެ ޓީމަށް ބަދަލުވެވުމުން އުފާކުރާކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

އެމަސަންއަކީ މި ސީޒަނަށް އެ ޓީމަށް ގެނައި ހަތްވަނަ ކުޅުންތެރިޔާއެވެ. އެ ޓީމުން ވަނީ ފްރާންސްގެ ރެނެސްގެ ނަޔެފް އަގުއާޑްގެ އިތުރުން ބާންލޭގެ ފޯވާޑު، މެކްސްވެލް ކޯނެޓްގެ ސޮއި ވެސް ހޯދައިފައެވެ. މީގެއިތުރުން ޕީއެސްޖީގެ ގޯލްކީޕަރު އަލްފެނޯސް އާރިއޯލާއާއި، ސްވެންސީ ސިޓީގެ ފްލަައިން ޑޯނެސްއާއި، އިޓަލީގެ ސަސޫލޯއަށް ކުޅުނު ގިއަނިލްކާ ސަކަމަކާ އަދި ޕީއެސްޖީގެ ތީލޯ ކެހެރް ހިމެނެއެވެ.

މި ޓްރާންސްފާ މާކެޓުގައި ވެސްޓްހަމްއިން 107.5 މިލިއަން ޕައުންޑު ހޭދަކުރިނަމަވެސް ޕްރިމިއާ ލީގު ފެށި ކޮންމެ ޓީމެއް ތިން މެޗު ކުޅެފައިވާއިރު އެ ޓީމަށް އެއްވެސް މަޗަކުން މޮޅުނުވެވި އެ ޓީމު އޮތީ ތާވަލުގެ ފުލުގައެވެ.

comment ކޮމެންޓް