އެސްޓީއޯގެ ''މަގޭ ހިޔާ 2022'' ޕްރޮމޯޝަން ފަށައިފި

އެސްޓީއޯއިން ކުރިއަށް ގެންދާ މަގޭ ހިޔާ ޕްރޮމޯޝަން --- ފޮޓޯ/ އެސްޓީއޯ

އެސްޓީއޯއިން "މަގޭ ހިޔާ"ގެ ނަމުގައި ކުރިއަށްގެންދާ ޕްރޮމޯޝަން މިއަދު ފަށައިފިއެވެ.

އެ ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން ނޮވެމްބަރު މަހުގެ 10ވަނަ ދުވަހާ ހަމައަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގައެވެ.

އެ މުއްދަތުގައި، އެ ޕްރޮމޯޝަންގައި ހިމެނޭ އައިޓަމްތަކަށް ހޭދަކުރާ ކޮންމެ 5،000ރުފިޔާއަކަށް ކޫޕަނެއް ލިބޭނެއެވެ. އަދި ގްރޭންޑް ލަކީ ޑްރޯގެ އިތުރުން ކޮންމެ ހަފްތާއަކު ވެސް ނަސީބުވެރިން ހޮވައި އިނާމް ދޭނެއެވެ.

އެ ޕްރޮމޯޝަނުން ލިބޭ އިނާމުތަކުގެ ތެރޭގައި ގްރޭންޑް ލަކީ ޑްރޯގެ އެއްވަނަ އިނާމަކަށް 20،000ރުފިޔާގެ ފައިސާގެ އިނާމާއި ގްރޭންޑް ލަކީ ޑްރޯގެ ދެވަނަ އިނާމަކަށް 10،000ރުފިޔާގެ ފައިސާގެ އިނާމާއި ގްރޭންޑް ލަކީ ޑްރޯގެ ތިން ވަނަ އިނާމަކަށް 5،000ރުފިޔާގެ ގިފްޓް ވޮއުޗާ ހިމެނެއެވެ.

އެސްޓީއޯއިން ކުރިއަށް ގެންދާ މަގޭ ހިޔާ ޕްރޮމޯޝަން --- ފޮޓޯ/ އެސްޓީއޯ

އެސްޓީއޯ މަގޭ ހިޔާ ޕްރޮމޯޝަން ކުރިއަށްދާއިރު ޑިސްކައުންޓް ލިބޭ ތިން ޕެކޭޖެއް ވަނީ ކަނޑައަޅާފައެވެ. އެއީ 15،000 ރުފިޔާއާއި 25،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ވިޔަފާރި ކުރުމުން 12 ޕަސެންޓު ޑިސްކައުންޓު ލިބޭ ރިހި ޕެކޭޖާއި 25،000 ރުފިޔާއާއި 35،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ވިޔަފާރި ކުރުމުން 15 ޕަސެންޓު ޑިސްކައުންޓު ލިބޭ ރަން ޕެކޭޖާއި 35،000 ރުފިޔާއިން މަތީގެ މިންވަރަކަށް ވިޔަފާރި ކުރުމުން 18 ޕަސެންޓު ޑިސްކައުންޓު ލިބޭ ހުދު ރަން ޕެކޭޖެކެވެ.

ހިޔާ ފްލެޓު ލިބުނު މީހުންނަށް ހާއްސަކޮށްގެން، އެސްޓީއޯއިން މީގެ ކުރިން ވެސް ވަނީ "މަގޭ ހިޔާ" ޕްރޮމޯޝަން ކުރިއަށްގެންގޮސްފައެވެ. އެ ޕްރޮމޯޝަން ކުރިއަށްގެންދިޔައީ މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން މިއަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށެވެ.

comment ކޮމެންޓް