ޕްރިމިއާ ލީގް: ލީޑްސް އަތުން ޗެލްސީ ބަލިވެއްޖެ

ގޯލު ޖެހުމަށްފަހު ލީޑްސްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ---

އިނގިރޭސި ޕްރިމިއާ ލީގުގައި ލީޑްސް ޔުނައިޓެޑް އަތުން މެންޗެސްޓާ ޗެލްސީ ލަދުވެތި ގޮތަކަށް ބަލިވެއްޖެއެވެ.

މިރޭ ލީޑްސްގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗު އެ ޓީމުން ކާމިޔާބުކުރީ 3-0ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ޗެލްސީއިންނެވެ. ނަމަވެސް މެޗުގައި ދެ ޓީމަށް ވެސް ގޯލު ޖަހާނެ ފުރުސަތުތައް ވަނީ ލިބިފައެވެ.

އެގޮތުން މެޗުގެ 33 ވަނަ މިނެޓުގައި ލީޑްސްގެ ބްރެންޑެން އާރޮންސަން ޗެލްސީގެ ގޯލްކީޕަރު އެޑުއާޑް މެންޑީ ކައިރިން ނައްޓާލުމަށް ފަހު ގޯލެއް ޖަހައި މެޗުގެ ލީޑު އެ ޓީމަށް ނަގައިދީފައެވެ.

އެ ގޯލުޖެހިތާ ހަތަރު މިނެޓު ފަހުން ލީޑްސްއިން ވަނީ ގޯލެއް ޖަހަައި މެޗުގެ ލީޑު ފުޅާކޮށްފައެވެ. އެ ގޯލަކީ ލީޑްސްގެ ޖެކް ހެރިސަން ނަގައިދިން ހިލޭ ޖެހުން އެ ޓީމުގެ ސްޕެނިޝް ފޯވާޑް ރޮޑްރިގޯ މެރޭނޯ ބޮލުން ޖަހައިފައިވާ ގޯލެކެވެ.

މީގެ އިތުރުން މެޗުގެ 69 ވަނަ މިނެޓުގައި ރޮޑްރިގޯގެ އެހީތެރިކަމާއެކު ހިރިސަން ވަނީ ލީޑްސްގެ ތިން ވަނަ ގޯލު ޖަހައިފައެވެ.

އެ ނަތީޖާއާއެކު ތިން މެޗު ކުޅެ ޗެލްސީއަށް ލިބުނު ހަތަރު ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 12 ވަނައިގައެވެ. އަދި މެޗުން މޮޅުވި ލީޑްސް ތާވަލުގެ ދެވަނައިގައި އޮތީ ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކުގައެވެ.

comment ކޮމެންޓް