ކުވެއިތު އެއާވޭސްގެ ދަތުރުތައް ރާއްޖެއަށް ފަށަނީ

ކުވެއިތު އެއާވޭސްގެ ދެ ކެބިންކުރޫ--

ކުވެއިތުގެ ގައުމީ އެއާލައިންގެ ސީދާ ދަތުރުތައް ރާއްޖެއަށް ފަށަން ނިންމައިފިއެވެ.

ވައިގެ ދަތުރުތަކުގެ ހަބަރުތައް ގެނެސްދޭ ނޫސްތައް ބުނާގޮތުން ކުވެއިތު އެއާވޭސްގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ނިންމާފައިވަނީ އޮކްޓޫބަރު މަހުގެ 31އިން ފެށިގެންނެވެ.

އެ ދަތުރުތަކުގައި އެއާބަސް އޭ320 މަރުކާގެ މަތިންދާ ބޯޓް ބޭނުން ކުރާއިރު ހަފްތާއަކު ދެ ދަތުރު ކުވެއިތާއި ރާއްޖެއާ ދެމެދު ބޭއްވުމަށް ވަނީ ނިންމައިފައެވެ.

ކުވެއިތު ހިމެނޭހެން މެދުއިރުމަތީގެ ގައުމުތަކުން ރާއްޖެއަށް ގިނަ އަދަދެއްގެ ޓޫރިސްޓުން ކޮންމެ އަހަރަކު ވެސް އާދެއެވެ. މިދަތުރުތަކާއެކު ކުވެއިތުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވެގެން ދާނެއެވެ.

ދުނިޔޭގެ އެންމެ މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލްތަކުގެ ތެރޭގައި ހިމެނޭ ރާއްޖެއަށް ގިނަ އެއާލައިންތަކަކުން ދަތުރުކުރެއެވެ.

comment ކޮމެންޓް