ނިޕޯން ޕެއިންޓް "މެޓެކްސް" އެސްޓީއޯއިން ރާއްޖެއަށް ތައާރަފްކޮށްފި

ނިޕޮން ޕެއިންޓް މެޓެކްސް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އެސްޓީއޯ

އަތޮޅު ތެރޭގައި ތިބި އެސްޓީއޯގެ ކޮންސްޓްރަކްޝަން އެޖެންޓުންނަށް ހާއްސަކޮށް އެސްޓީއޯއިން މިއަދު ނިޕޯން ޕެއިންޓް "މެޓެކްސް" ރާއްޖެއަށް ތައާރަފްކޮށްފިއެވެ.

"ނިޕޯން މެޓެކްސް" ރޭންޖުގެ މިޕެއިންޓް ތައާރަފްކޮށްދެއްވީ އެސްޓީއޯ ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދާއި ނިޕޯން ޕެއިންޓް ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް އެކްސްޕޯޓްސްގެ ސީނިއާ މެނޭޖަރު ހެންރީ އެންގެވެ.

އަގު ހެޔޮވުމުގެ އިތުރުން، ނިޕޯންގެ މިޕެއިންޓް އެހެން ޕްރޮޑަކްޓްތަކާ ޚިލާފަށް ލިބެންހުންނާނީ ހަތްލީޓަރު އަދި 20 ލީޓަރުގެ ޕެކިންގައެވެ. އަދި ނިޕޯން ޕެއިންޓްގެ އެހެން ކުލަތައް ފަދައިން މި ޕެއިންޓަކީ މިކްސް ކުރަންނުޖެހޭ، ވަގުތުން ބޭނުންކޮށްލެވޭނެ ޕެއިންޓެކެވެ.

އެހެންކަމުން މި ޕެއިންޓް ބޭނުންކުރުމުން ކުލަލުމަށް ފަސޭހަވެ، މަސައްކަތައް ހޭދަވާ ވަގުތު ކުޑަކޮށްދެއެވެ. ނިޕޯން ޕެއިންޓް މެޓެކްސްގެ ޕެއިންޓްތަކަކީ ސިމެންތި، ކޮންކްރީޓް، ސީލިން، ޕްލާސްޓަރު ވޯލް ފަދަ ތަންތަކުގައި ފަސޭހައިން ލެވޭ މެޓް ފިނިޝްއެއް ހުންނަ ޕެއިންޓެކެވެ.

މީގެ އިތުރުން މެޓެކްސްއަކީ ވޯޓާ ބޭސްޑް، އެއްވެސް ލީޑް އަދި މާކިއުރީ އެއް ނުލާ އުފައްދަފައިވާ ޕެއިންޓެކެވެ. މެޓެކްސް ކުލަތަކުގެ ގޮތުގައި އެސްޓީއޯއިން މިފަހަރު ތައާރަފްކުރަނީ "ޝޭޑްސް އޮފް ވައިޓް" ގެ ކުލަތަކެކެވެ.

މެޓެކްސް ކުލަތަކުގެ ގޮތުގައި އެސްޓީއޯއިން މިފަހަރު ތައާރަފްކުރަނީ "ޝޭޑްސް އޮފް ވައިޓް" ގެ ކުލަތައް -- ފޮޓޯ/ އެސްޓީއޯ

ނަވާރަ ސަތޭކަ ފަންސާސް ފަސް ވަނަ އަހަރު އުފައްދާފައިވާ ނިޕޯން ޕެއިންޓް ކުންފުންޏަކީ އެކި ބޭނުންތަކަށް، އެކި ކޮލިޓީގެ ކުލަތައް ދުނިޔޭގެ ބާޒާރަށް ތައާރަފްކޮށްފައިވާ ކުންފުންޏެކެވެ. ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ އުފެއްދުންތަކެއް ތައާރަފްކޮށްފައިވާ މި ބްރޭންޑުން އެންމެ އިސްކަންދީފައިވަނީ ކޮންމެ ބޭނުމަކަށްވެސް ބޭނުންކުރެވޭ، ކޮލިޓީ ކުލަތައް ފޯރުކޮށްދިނުމާއި ތިމާވެއްޓާ ރައްޓެހި އުފެއްދުންތަކެއް ފޯރުކޮށްދިނުމަށެވެ.

comment ކޮމެންޓް