އަނިޔާވެރި މަރާ ގުޅިގެން ހައްޔަރުކުރީ ސްކޭޓަރު، އަލީ ޝާހިލް

ހ.ޝީރީންވިލާގައި ހިނގި މަރުގެ ހާދިސާއާ ގުޅިގެން ހައްޔަރުކުރި އަލީ ޝާހިލް، 23 ---

ހ.ޝީރީންވިލާގައި މިރޭ އަނިޔާވެރި ގޮތަކަށް މަރަލާފައި އޮތް އަންހެނެއް ފެނުނު މައްސަލައިގައި ހައްޔަރުކުރީ މަޝްހޫރު ސްކޭޓަރު، ފ. ނިލަންދޫ ފިނިފެންމާގޭ އަލީ ޝާހިލް، 22، ކަން އެނގިއްޖެއެވެ.

އިތުބާރުހުރި މަސްދަރަކުން "ސަން"އަށް އެކަން ވަނީ ކަށަވަރުވެފައެވެ.

ފުލުހުން ބުނީ މިރޭ 00:30 ހާއިރު ރިޕޯޓުކުރި އެ ހާދިސާ ހިނގި ތަނުން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ. ނަމަވެސް ހައްޔަރުކުރި މީހައާ ބެހޭ އިތުރު މައުލޫމާތެއް ފުލުހުން ދީފައެއް ނުވެއެވެ.

އެ ގެއިން އޭނާ ހައްޔަރުކޮށްގެން ފުލުހުންގެ ވެހިކަލާ ހަމައަށް ގެންގޮސްފައިވަނީ ހަޒްމަޓު ސޫޓެއް ލައްވައިގެންނެވެ.

މަރާލައިފައިވާ މީހާގެ ހަށިގަނޑު ފުލުހުން މިހާރު ވަނީ އައިޖީއެމްއެޗުގެ އެމްބިއުލާންސަކަށް އަރުވައިގެން ގަލޮޅު މޯޗަރީއަށް ގެންގޮސްފައެވެ. ހާދިސާ ހިނގި ސަރަހައްދުގައި ތިބި "ސަން"ގެ ނޫސްވެރިން މައުލޫމާތު ދޭ ގޮތުގައި އެމްބިއުލާންސަށް އެރުވީ ދެ ބޮޑީބޭގެއް ވަކިންނެވެ.

އެ ހާދިސާގައި މަރާލާފައިވަނީ ޏ. ފުވައްމުލަކު، ކުރި، ޝިއާއު މުޙައްމަދު ސަޢީދެވެ.

އެނގިފައިވާ ގޮތުގައި ހަމަލާގައި ޝިއާއުގެ ހަށިގަނޑުގެ ބައިތައް ވަނީ ވަކިކޮށްލާފައެވެ. އެގޮތުން، އޭނާގެ އަތާއި، ފައި އެއްކޮށް ބުރިކޮށްލާފައިވާއިރު، ކަރަށް ވެސް ވަނީ ފުން ހަމަލާތަކެއް ދީފައެވެ.

comment ކޮމެންޓް