"އެކް ވިލަން ރިޓާންސް"އަށް އެއް ދުވަސް ތެރޭގައި ހަތް ކުރޯޑް ރުޕީސް ލިބިއްޖެ

މި މަހުގެ 29 ވަނަ ދުވަހު ރިލީސްކޮށްފައިވާ "އެކް ވިލަން ރިޓާންސް"އަށް އެއް ދުވަސްތެރޭގައި 7.05 ކުރޯޑް ރުޕީސް ލިބިއްޖެއެވެ.

މޯހިތް ސޫރީ ޑައިރެކްޓް ކޮށްފައިވާ މި ފިލްމަށް 7 ޕަސެންޓާއި 10 ޕަސެންޓާއި ދެމެދުގެ ކުރިއެރުމެއް ލިބިފައިވާއިރު މިހާތަނަށް މި ފިލްމަށް 14.60 ކްރޯޑް ރުޕީސް ލިބިފައިވެއެވެ.

މި ފިލްމުގެ ލީޑް ރޯލުން ބޮލީވުޑްގެ މަޝްހޫރު އެކްޓަރުން ކަމަށްވާ ޖޯން އަބްރަހަމް، އަރްޖުން ކަޕޫރު، ދިޝާ ޕަޓާނީ އަދި ތާރާ ސުތާރިއާ ފެނިގެންދާނެއެވެ.

ފިލްމެއް "ހިޓް" ކެޓަގަރީއަށް ވަންނާނީ ފިލްމު އަޅުވާ ފުރަތަމަ ދުވަހު ފިލްމު ތައްޔާރު ކުރުމަށްޓަކައި ކުރި ހަރަދުގެ މަދުވެގެން 20 ޕަސަންޓް ލިބުމުންނެވެ.

ހުކުރު ދުވަހު ރިލީޒްކުރި "އެކް ވިލަން ރިޓާންސް" އަށް ފުރަތަމަ ދުވަހު ލިބިފައިވަނީ އެންމެ 7.05 ކްރޯޑު ރުޕީސްއެވެ. މި ފިލްމަށް ބޮކްސް އޮފީހުގައި ކުރަން ޖެހުނު ހަރަދު އަނބުރާ ހޯދުމަށް މަދުވެގެން އަށް ކްރޯޑު ރުޕީސް ލިބެން ޖެހޭނެއެވެ.

"އެކް ވިލަން ރީޓާންސް" ހެދުމަށާއި ޕްރޮމޯޓްކުރުމަށް ގާތްގަނޑަކަށް 80 ކްރޯޑު ރުޕީސް ހޭދަކޮށްފައިވެއެވެ.

comment ކޮމެންޓް