ރޮޒައިނާގެ ޓްވިޓާ އެކައުންޓު ހެކް ކޮށްފި

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ ޓްވިޓާ އެކައުންޓު ހެކްކޮށްފިއެވެ.

ރޮޒައިނާ މިއަދު "ސަން"އަށް ވިދާޅުވީ ރޭ ދަންވަރު 02:00ގެ ފަހުން އޭނާގެ ޓްވިޓާ އެކައުންޓަށް ނުވަދެވޭ ކަމަށެވެ. އަދި އެކައުންޓު ހެކުވި ކަން މިހާރު ޓުވިޓާއަށް އަންގާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުގެ ޓްވިޓާ އެކައުންޓު ހެކް ކުރީއޭ ކިޔާފަ އަޅުގަނޑު ބުނަންޖެހޭ އެއްޗެއް ނުބުނެއެއް ވެސް ނުހުންނާނެ. ކުރަންޖެހޭ ކަމެއް ނުކޮށް ވެސް ނުހުންނާނެ. މާބޮޑު ކުރިއެރުމެއް ލިބޭނެ ކަމެއް ނޫން އެއީއެއް،" ރޮޒައިނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެކައުންޓު ހެކު ކުރި ފަހުން އެ އެކައުންޓުން އެއްވެސް ޓްވީޓެއް ކޮށްފައިނުވާ ކަމަށެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސްކަން ވެސް ކުރައްވާ ރޮޒައިނާގެ ޓްވިޓާ ހެކުކޮށްފައި ވަނީ އެމްޑީޕީގެ އެތެރޭގެ ކޯޅުން ވަރަށް ބޮޑު ވެފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން، ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ މައްޗަށާއި، ރޮޒައިނާގެ ފިރިކަލުން، ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒްގެ މައްޗަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ތުހުމަތުތަކާ ގުޅިގެން ރޮޒައިނާ ދިޔައީ ޓުވިޓާގައި ރައްދުދެއްވަމުންނެވެ.

comment ކޮމެންޓް