މި އަހަރު ހައްޖަށް ދިޔަ ހުރިހާ ދިވެހިން ރާއްޖެ އަތުވެއްޖެ

ރާއްޖެއިން ހައްޖުގެ އަޅުކަމަށް ދިޔަ ހައްޖާޖީން --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

މި އަހަރު ރާއްޖެއިން ހައްޖުގެ އަޅުކަން ފުރިހަމަކުރުމަށް ސައުދީ އަރަބިއްޔާއަށް ދިޔަ ހުރިހާ ހައްޖާޖީން މިއަދު ރާއްޖެ އަތުވެއްޖެއެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ ރާއްޖެއިން މި އަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން އެންމެ ފަހު ގުރޫޕު ރާއްޖެ އައިސްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.

ރާއްޖެއިން މިއަހަރު ޖުމްލަ 453 ޙައްޖުވެރިން ޙައްޖުގެ އަޅުކަން އަދާކޮށްފައިވާއިރު މިއަދު ރާއްޖެ އައި އެންމެ ފަހު ގުރޫޕުގައި ހިމެނެނީ 117 ޙައްޖުވެރިންނެވެ.

މި އަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން ދިވެހިންގެ ފުރަތަމަ ގުރޫޕު އެނބުރި މާލެ އައިސްފައިވަނީ މިދިޔަ ހަފުތާގެ ބުދަ ދުވަހުއެވެ. އެއީ ޖުމުލަ 157 މީހުންނެވެ.

ރާއްޖެއިން މި އަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން 175 މީހުން ހިމެނޭ ދެވަނަ ގުރޫޕު މިދިޔަ ހޮނިހިރު ދުވަހު ރާއްޖެ އައިސްފައިވައިވާއިރު އެންމެ ފަހު ގުރޫޕަކީ މިއަދު ރާއްޖެ އައި މީހުންނެވެ.

މި އަހަރަކީ ކޯވިޑާއި ގުޅިގެން އައި ދެ އަހަރުގެ މެދުކެނޑުމަކަށްފަހު ހުޅުވާލައިގެން ހައްޖުގެ އަޅުކަން ބޭއްވި ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް