ދިޝާ އާއި ޓައިގާ ރުޅިވެއްޖެ، އެ ދެ މީހުންވެސް މިހާރު ހުރީ ހުސްކޮށް

ޓައިގާ ޝްރޮފް އާއި ދިޝާ ޕަޓާނީ -- ފޮޓޯ / ގޫގުލް

ބޮލީވުޑްގައި ގިނަ ބައެއްގެ ލޯބި ލިބިފައިވާ ޖޯޑެއް ކަމަށްވާ ޓައިގާ ޝްރޮފް އާއި ދިޝާ ޕަޓާނީ ރުޅިވެއްޖެއެވެ.

މީޑިއާ ރިޕޯޓުތަކުގައިވާ ގޮތުން ހަ އަހަރުވަންދެން ރައްޓެހިވެގެން އުޅުމަށް ފަހު އެ ދެމީހުން ރުޅިވެފައިވަަނީ މި އަހަރުގެ ކުރީކޮޅުއެވެ. މި ދެ ތަރިން ރުޅިވި ސަބަބު އެނގިފައި ނުވެއެވެ.

ޓައިގަރ ޝްރޮފްގެ ރަހުމަތްތެރިއެއް ވަނީ އެކަން ކަށަވަރުކޮށްދީ މީޑިއާ ޕޯޓަލްއަށް މައުލޫމާތު ދީފައެވެ.

"އަހަރެމެންނަށް ވެސް އެ ދެމީހުން ރުޅިވިކަން އެނގުނީ މިދިޔަ ހަފުތާގައި. ޓައިގާ މިހާރު ފޯކަސް ކުރަނީ މަސައްކަތަށް،" ޓައިގާ ގެ ރަހުމަތްތެރިޔާ ބުންޔެވެ.

ނަމަވެސް އެ ދެމީހުން ރުޅިވިކަން ޓައިގާ ޝްރޮފް އާއި ދިޝާ ޕަޓާނީ ޔަގީންކޮށްދީފައެއް ނުވެއެވެ.

ޓައިގާ ޝްރޮފް އާއި ދިޝާ ޕަޓާނީ ރުޅިވިކަމުގެ އަޑު ގަދަވާން ފެށީ ޓައިގާގެ އުފަން ދުވަހު "ބެސްޓް ފްރެންޑް"ގެ ނަމުގައި ދިޝާ އޭނާއަށް ވިިޝް ކުރުމުންނެވެ.

ޓައިގާ އާއި ދިޝާ ވަނީ "ބާޣީ 2" ފަދަ ފިލްމުތަކުގައި އެކުގައި މަސައްކަތް ކޮށްފައެވެ. އަދި "ބޭފިކްރާ" އާއި "ބާޣީ 3" ގައި ހިމެނޭ ލަވަތަކުގައިވެސް އެ ދެ މީހުން ވަނީ މަސައްކަތް ކޮށްފައެވެ.

ދިޝާ ޕަޓާނީ މިހާރު ތައްޔާރުވަމުން ދަނީ ޖޯން އަބްރަހަމް އާއި އަރްޖުން ކަޕޫރު އަދި ތާރާ ސުތާރިއާ އާއެކު "އެކް ވިލަން ރިޓާންސް" ރިލީޒް ކުރުމަށެވެ. އަދި ޓައިގާ ޝްރޮފް ފެނިގެންދާނީ "ހެރޮޕަންތީ 3" އިންނެވެ.

comment ކޮމެންޓް