ކައިވެނި ކުރާ ދުވަހު ޖަހާލަން އެންމެ މީރު ވަސްދުވާ ސެންޓުތައް

ކޮންމެ މީހަކުވެސް ކައިވެނި ކުރާ ދުވަހަކީ ތަފާތު އުފާވެރި އިހުސާސްތަކެއް ކުރެވޭނެ ދުވަހެވެ. އެދުވަހަކީ ކޮންމެ މީހެއްގެ ހަޔާތުގައި ވެސް އަންނާނެ އެންމެ އުފާވެރި އެއް ދުވަސް ކަމަށް ބެލެވިދާނެއެވެ.

އެހެންކަމުން ކައިވެނި ކުރާ ދުވަހު ޖަހާ ސެންޓުވެސް އެހާ ހާއްސަވާން ޖެހޭނެކަން ޔަގީނެވެ. އަހަރަމެންގެ ތެރެއިން ބައެއް މީހުން ކައިވެނިކުރާ ދުވަހަށް ވަކިން ހާއްސަ ސެންޓެއް ބޭނުންކުރެއެވެ. އެގޮތުން ބޭނުން ކުރެވިދާނެ ބައެއް ސެންޓުތަކުގެ ތެރޭގައި:

1. ޕިއޯނީ އެންޑް ބްލަޝް ސުވޭޑް ކޮލޯން

ޖޯ މެލޯންގެ ސެންޓެއް ކަމަށްވާ ޕިއޯނީ އެންޑް ބްލަޝް ސުވޭޑް ކޮލޯން އަކީ އަންހެންވަންތަ އަދި ލުއި ވަހެއް ހުންނަ މީރުވަސްދުވާ ސެންޓެކެވެ.

މި ސެންޓު ތައްޔާރު ކުރުމަށްޓަކައި ޕިއޯނީ އަދި ޖޭސްމިންގެ އިތުރުން ރަތް އާފަލުވެސް ބޭނުންކޮށްފައިވެއެވެ.

ޕިއޯނީ އަދި ބްލަޝް ސުއިޑް ކޮލޯން

2. ސި އީއު ޑި ޕާފިއުމް

ކައިވެނި ކުރާ ދުވަހު ބާއްވާ ހަފުލާ އަކީ ގިނައިރުވަންދެން ދެމިގެންދާ ހަފުލާއެކެވެ. އެހެން ކަމުން ކައިވެނި ކުރާ ދުވަހު ޖަހާ ސެންޓަކީ ގިނައިރު ވަސް ހިފަހައްޓައިދޭ ސެންޓަކަށް ވާންޖެހެއެވެެ.

އެގޮތުން ޖޯޖިއޯ އަރްމާނީގެ ސެންޓެއް ކަމަށްވާ ސި އަކީ ކައިވެނީގެ ވަލީމާ ފަދަ ހާއްސަ ހަފުލާތަކުގައި ބޭނުން ކުރަން އެންމެ ރަނގަޅު އެއް ސެންޓެވެ. ފޮނި ވަހެއް ހުންނަ ސި ޕާފިއުމްއަކީ މަސްކް އަދި ބްލެކްކަރަންޓް ހިމެނޭ ގޮތަށް އުފައްދާފައިވާ ސެންޓެކެވެ. މި ސެންޓުގައި މާމެލާމެލީގެ އިތުރުން ވެނީލާވެސް ހިމެނެއެވެ.

ޖިއޯޖިއޯ އަރްމާނީގެ "ސި"

.3 ސަވާޖް

ޑިއޯގެ ސެންޓެއްކަމަށްވާ ސަވާޖްއަކީ މުޅި ދުނިޔޭގައި ވެސް އެންމެ ގިނައިން ވިކޭ އެއް ސެންޓެވެ. އެކަމުގެ ސިއްރަކީ މި ސެންޓުން ދުވާ މީރު ވަހެވެ.

ފިރިހެނުންނަށް ހާއްސަ މި ސެންޓަކީ ގިނަ އިރުތަކެއް ވަންދެން ވަސް ހިފަހައްޓައިދޭ މީރުވަސްދުވާ ސެންޓެކެވެ. މި ސެންޓުގައި ލެވެންޑާ، ޖެރޭނިއަމް އަދި އެލީމީ އެކުލެވިގެންވެއެވެ.

ޑިއޯގެ ސޯވާޖް

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު