40 އަހަރުން މަތީގެ މީހުން ލަސްްނުކޮށް ހަދަން ޖެހޭ ހެލްތު ސްކްރީންތައް

އުމުރުން ދުވަސްވުމަކީ އަހަރެމެންގެ ހަށިގަނޑަށް ގިނަގުނަ ބަދަލުތަކެއް އަންނަކަމެކެވެ. އެހެންކަމުން ދުޅަހެޔޮ ސިއްޙަތެއްގައި ދެމިހުރުމަށްޓަކައި ގަވައިދުން ހެލްތު ސްކްރީންތައް ހަދަންޖެހެއެވެ. ޑޮކްޓަރުގެ ލަފާގެ މަތިން ގަވައިދުން ހެލްތު ސްކްރީންތައް ހަދައި ބެލުމަކީ މުހިންމު ކަމެކެވެ.

ގިނަ އަދެއްގެ ދިރާސާތަކުން ދައްކާގޮތުގައި އުމުރުން 40 އަހަރުން މަތީގެ މީހުން ހަދަންޖެހޭ ގިނަ ހެލްތު ސްކްރީންތަކެއްވެއެވެ. އެގޮތުން މި އާޓިކަލްގައި ހިމަނާލާނީ 40 އަހަރުން މަތީގެ ކޮންމެ މީހަކު ވެސް ހަދަން ޖެހޭ ހެލްތު ސްކްރީންތަކެވެ.

ބްލަޑް ޕްރެޝާ ސްކްރީނިންގް

ބްލަޑް ޕްރެޝާ އަކީ އެމީހެއްގެ ހިތުން މުޅި ހަށިގަނޑަށް ލޭ ދައުރުކުރުމަށް ކުރާ ޕްރެޝަރަށް ދެވިފައިވާ ނަމެކެވެ. އުމުރުން ދުވަސްވާ ވަރަކަށް އެމީހެއްގެ ލޭގެ ޕްރެޝަރު މަތިވާންފަށައެވެެ. ލޭގެ ޕްރެޝަރު މަތިވުމުގެ ސަބަބުން ސްޓްރޯކް ޖެހުމާއި ހާޓް އެޓޭކް ޖެހުމާއި އަދި އެނޫންވެސް ސިއްހީ އެތައް ހާލަތެއް ކުރިމަތިވުމުގެ ފުރުސަތު ބޮޑުވެގެން ދެއެވެ. އެހެންކަމުން އުމުރުން 40 އަހަރުން މަތީގެ މީހުން ލޭގެ ޕްރެޝާ ސްކްރީނިންގް ހަދަންޖެހެއެވެ.

އެމެރިކަން ހާޓް އެސޯސިއޭޝަނުން ބުނާ ގޮތުގައި އިންސާނާގެ ހަށިގަނޑުގައި ލޭގެ ޕްރެޝަރުގެ ގޮތުގައި 20mMHg/80mmHg ހުންނަނަމަ އެއީ އާދައިގެ ކަމެކެވެ. ނަމަވެސް އެއަށްވުރެ ލޭގެ ޕްރެޝަރު ދަށްނަމަ، ކޮންމެ ދެ އަހަރަކުން އެއް އަހަރު ބްލަޑް ޕްރެޝާ ސްކްރީނިންގް ހަދަން ޖެހޭނެއެވެ. އަދި އެމީހެއްގެ ބްލްޑް ޕްރެޝާ މަތިނަމަ ގިނަ ގިނައިން ބްލަޑް ޕްރެޝާ ސްކްރީނިންގް ހެދުމަކީ މުހިންމު ކަމެކެވެ.

ތައިރޮއިޑް ޓެސްޓު

އިންސާނާގެ ތައިރޮއިޑަކީ ހަށިގަނޑުގެ އެކި ހިސާބުތަކުގައި ތަފާތު އެތައް މަސައްކަތްތަކަށް އެހީތެރިވެދޭ އަދި ހަށިގަނޑުގައި ހޯމޯން އުފެއްދުމުގެ ބޮޑު ދައުރެއް އަދާކުރާ އެއްޗެކެވެ. ތައިރޮއިޑް ގްލޭންޑް އިންނަނީ ކަރުގެ ކުރިމަތިން މެދެއްހާ ހިސާބުން، ހަމާއި މަސްފަށަލައިގެ ދަށުން، ވައިނޮޅީގެ ކުރިމަތިން ގޮސްފައެވެ.

އުމުރުން 40 އަހަރަށްވުރެ މަތީ މީހުން ގަވައިދުން ތައިރޮއިޑް ޓެސްޓު ހަދަންޖެހޭނެކަނަމަށް ގިނަ ޑޮކްޓަރުން ބުނެއެވެ. ހަށިގަނޑުގައި ތައިރޮއިޑް ހޯމޯން މާ ގިނަވުމުގެ ސަބަބުން "ހައިޕަތައިރޮއިޑިޒަމް" ކިޔާ ބައްޔެއް އުފެދެއެވެ. އަދި ހަށިގަނޑުން ތައިރޮއިޑް ހޯމޯން މަދުން އުފެދޭނަމަ ޖެހޭ ބައްޔަކީ "ހައިޕޯތައިރޮއިޑިޒަމް"އެވެ.

ހައިޕޯތައިރޮއިޑިޒަމް ހުންނަ އަންހެނުންގެ ތެރެއިން 13 އިންސައްތަ އަންހެނުންނަށް ހައިޕޯތައިރޮއިޑިޒަމް ހުންނަ ކަމަށް ހާވާޑް ހެލްތު ޕަބްލިޝިން އިން ބުނެފައިވެއެވެ. ތައިރޮއިޑް ފަންކްޝަން ޗެކް ކުރުމަށްޓަކައި ޑޮކްޓަރު ލޭގެ ޓެސްޓެއް ހަދާނެއެވެ. އެ ޓެސްޓުން އެމީހެއްގެ ތައިރޮއިޑް ލެވަލް ހުންނަވަރު އަންގައިދޭނެއެވެ.

ބްލަޑް ގުލްކޯޒް ޓެސްޓު

އަހަރަމެންގެ ހަށިގަނޑުގައި ބްލަޑް ގުލްކޯޒް އަދި ލޭގައި ހަކުރު ހުންނަ މިންވަރު އިތުވުމަކީ ހަކުރު ބައްޔަށް މަގުފަހިކުރުވާކަމެކެވެ. އެމެރިކަން ހާޓް އެސޯސިއޭޝަނުން ބުނާގޮތުގައި ހަކުރު ބަލީގެ ސަބަބުން ހިތުގެ ބައްޔާއި ސްޓްރޯކް ޖެހުމާއި އެނޫންވެސް މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ. އުމުރުން 45 އަހަރަށްފަހު އަހަރަކު އެއްފަހަރު ބްލަޑް ގުލްކޯޒް ޓެސްޓުކުރުމަށް އެމެރިކަން ޑައިބެޓީސް އެސޯސިއޭޝަނުން ލަފާދެއެވެ.

comment ކޮމެންޓް