ސިޓީގެ ސްޓާލިން ޗެލްސީއަށް

ސިޓީގެ ސްޓާލިން ލަނޑު ޖެހުމަށްފަހު އުފާފާޅު ކުރަނީ --- ފޮޓޯ:އޭޕީ

މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ އިނގިރޭސި، ފޯވާޑް ރަހީމް ސްޓާލިން ޗެލްސީއަށް ބަދަލު ވާން ނިންމައިފިކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މި އެއްބަސްވުން ފުރިހަމަ ވެއްޖެ ނަމަ، ސްޓާލިން ވެގެންދާނީ ޓޮޑް ބޮއެލީ ޗެލްސީއާ ހަވާލުވި ފަހުން ޗެލްސީއަށް ގެންނަ އެންމެ މަޝްހޫރު ކުޅުންތެރިޔާއަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އަންނަ ހަފްތާގައި އެމެރިކާއަށް ޕްރީ ސީޒަން ދަތުރަށް ޗެލްސީ ފުރުމުގެ ކުރިން ސްޓާލިން ސްކޮޑާ ގުޅުމަށް އެއްބަސްވުމަކަށް އަންނާނެއެވެ.

ސިޓީ ވެސް ސްޓާލިން ބަހައްޓަން ބޭނުންވާއިރު ޓީމާ ވެސް އަދި ކޯޗް ގާޑިއޯލާއާ ވެސް އޭނާއާ މައްސަލައެއް ޖެހިފައެއް ނުވެއެވެ.

ސްޓާލިން ޗެލްސީއާ ގުޅޭއިރު އެ ޓީމްގެ ފޯވާޑަކަށް ނިމިދިޔަ ސީޒަންގައި ކުޅުނު ރޮމެލޫ ލުކާކޫ ލޯނެއްގެ ދަށުން އަލުން އިންޓަ މިލާނާ ވަނީ ގުޅިފައެވެ.

ލިވަޕޫލުން 2015 ވަނަ އަހަރު 49 މިލިއަން ޕައުންޑަށް ސިޓީއަށް ބަދަލުވި ސްޓާލިން ވަނީ ސިޓީއަށް ކުޅުނު 339 މެޗުގައި 131 ގޯލް ޖަހައިފައެވެ.

އުމުރުން 27 އަހަރުގެ ސްޓްލިން ސިޓީއާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮތްއިރު، އޭނާ ވަނީ ބޮޑެތި ކްލަބުތަކުގެ ޝައުގުވެރިކަން ހޯދާފައެވެ.

comment ކޮމެންޓް