އަމިއްލައަށް ޖިންސީ ގުނަވަން ބުރިކޮށްލި މީހާ މަރުވެއްޖެ

ހުޅުމާލޭ ހޮސްޕިޓަލް --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އަމިއްލައަށް ކުރިމަތި ފަރާތުގެ ޖިންސީ ގުނަވަން ބުރިކޮށްލި ބިދޭސީ ފިރިހެން މީހާ ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެއެވެ.

ފުލުހުން ބުނިގޮތުގައި މިދިޔަ ހޮނިހިރު ދުވަހު ބަންގްލަދޭޝްގެ 31 އަހަރުގެ އެ ފިރިހެން މީހާ މަރުވީ ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.

އަމިއްލައަށް ކުރިމަތި ފަރާތް ބުރިކޮށްލުމުގެ އިތުރުން އެ މީހާ ވަނީ އަމިއްލައަށް ހަށިގަނޑުގެ އެކި ތަންތަނަށް ތޫނު އެއްޗެއް ހަރާފައި ކަމަށް އޭނާގެ މައްޗަށް ތުހުމަތު ކުރެވެއެވެ.

ބުނެވޭގޮތުގައި އޭނާ އެ އަމަލު ހިންގީ ލޯބީގެ މައްސަލައެއްގައެވެ. ނަމަވެސް ރަސްމީކޮށް އެފަދަ މައުލޫމާތެއް ކަމާ ބެހޭ އިދާރާއަކުން ހާމައެއް ނުކުރެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް މިއަދު ވިދާޅުވީ މި މައްސަލައިގައި އިތުރު މީހެއްގެ ބައިވެރިވުން އޮތް ކަމަކަށް މިހާތަނަށް ތަހުގީގަށް އެނގިފައެއް ނުވާ ކަމަށެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ ދުވަހު ރިޕޯޓްކުރީ ހުޅުމާލޭގައި ބިދޭސީން އުޅޭ ރޯ ހައުސްއެއްގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީގެން އުޅޭ ކަމަށެވެ.

comment ކޮމެންޓް