ސަލްމާން މިސްކިތުގައި ހުކުރު ކުރަން ހުރަސް އެޅި މީހަކު ހައްޔަރުކޮށްފި

ހުކުރު ކުރަން ހުރަސް އެޅި މީހާ ހައްޔަރު ކުރަނީ-- ފޮޓޯ: އެމްވީ ކްރައިސިސް

ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ، އައިއެސްގެ ލޯގޯ ޖަހާފާއި ހުރި ޖުއްބާއެއް ލައިގެން ހުރެ، ސަލްމާން މިސްކިތުގައި ހުކުރު ކުރަން ހުރަސް އެޅި މީހަކު މިއަދު ހައްޔަރު ކޮށްފިއެވެ.

އެ މީހާ ވަނީ ޚުތުބާ ކިޔަން ތައްޔާރު ވަނިކޮށް މިންބަރަށް އަރައި އަޑުގަދަ ކޮށްފައެވެ. އޭނާ ހުރީ އައިއެސްގެ ލޯގޯ ޖަހާފައި ހުރި ކަޅު ކުލައިގެ ޖުއްބާއެއްލައި ބޮލުގައި ފަގުޑި އަޅާފައެވެ.

ހުކުރު ކުރަން ހުރަސް އަޅަން އުޅުމުން އެކަން ހުއްޓުވީ ސިފައިންނާއި މިސްކިތަށް ނަމާދަށް ގޮސް ތިބި މީހުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައާ ގުޅިގެން 43 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

comment ކޮމެންޓް