ދެ އަންހެން ފުލުހުންނާއެކު ދެވަނަ ސީމެންޝިޕް ކޯސް ނިންމާލަައިފި

ބޭސިކް ސީމެންޝިޕް ކޯސް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ/ ފުލުހުން

މެރިން ޕޮލިސްގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ދެ ވަނަ، ބޭސިކް ސީމެންޝިޕް ކޯސް ނިންމާލައިފިއެވެ.

އެ ކޯހަކީ މެރިން ޕޮލިހާއި، ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އަދި ޖަޕާން ސަރުކާރު ގުޅިގެން ކުރިއަށްގެންދިޔަ ކޯހެކެވެ.

ކޯސް ފުރިހަމަ ކުރި ބައިވެރިންނަށް ވަނީ މިއަދު އެކަމަށް ޙާއްސަކޮށްގެން ދޫނިދޫގައި ބޭއްވި ރަސްމިއްޔާތުގައި ހަނދާނީ ލިޔުން އަރުވާފައެވެ.

ދެ އަންހެން ފުލުހުން ހިމެނޭހެން އަށް ފުލުހުން އެ ކޯސް ފުރިހަމަކޮށްފައިވެއެވެ. ކޯސް ފުރިހަމަކުރި ދެ އަންހެން ފުލުހުންނަކީ ފުލުހުންގެ ތާރީހުގައިވެސް މެރިޓައިމް ކޯހެއް ފުރިހަމަކޮށް ކަނޑުމައްޗަށް ނުކުންނަ ފުރަތަމަ އަންހެން ދެ ފުލުހުންނެވެ.

ބޭސިކް ސީމެންޝިޕް ކޯސް ނިންމި ދެ އަންހެން ފުލުހުން--- ފޮޓޯ/ ފުލުހުން

ޖޫން 12 އިން 29 އަށް ކުރިއަށް ގެންދިޔަ އެ ކޯހުގައި، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް މައުލޫމާތު ދިނުމުގެ ކްލާސްތަކާއި ކަނޑުމަތީގެ އަމަލީ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

އެގޮތުން، މެރިޓައިމް ލޯ، މެރިޓައިމް ބޯޑިން، މެރިޓައިމް ނެވިގޭޝަން، ބޯޓު ހޭންޑްލިން، ސަވައިވަލް އެންޑް ރެސްކިއު، އަދި ވެސަލް ޕޭސްޓިން މައުލޫގެ ދަށުން މުހިންމު މައުލޫމާތުތަކެއް ހިއްސާކޮށް އަމަލީ ހަރަކާތްތައް ކަނޑުމަތީގައި ކުރިއަށް ވަނީ ގެންގޮސްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް