ފެމެލީ ކޯޓު ހިންގުން ގާޒީ މާހިރުއާ ހަވާލުކޮށްފި

ފެމެލީ ކޯޓު ހިންގުމާ ހަވާލުކުރެއްވި ގާޒީ މާހިރު ---

ފެމެލީ ކޯޓު ހިންގުން ވަގުތީ ގޮތުން އެ ކޯޓުގެ ގާޒީ އިބްރާހީމް މާހިރުއާ ހަވާލުކޮށްފިއެވެ.

ފެމެލީ ކޯޓުގެ ހިންގުން ގާޒީ މާހިރުއާ ހާވަލުކޮށްފައިވަނީ އެ ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުންނެވި ހުޒައިފާ މުޙައްމަދު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނު ކުރުމާ ގުޅިގެންނެވެ.

ފެމެލީ ކޯޓުގެ ހިންގުން މި އަހަރު މިހާތަނަށް ވަނީ ތިން ގާޒީންނާ ހަވާލުކޮށްފައެވެ. އެގޮތުން, މާޗް މަހުގެ 30 ވަނަ ދުވަހު ފެމެލީ ކޯޓުގެ އިސްގާޒީ ކަމަށް ހުޒައިފާ އައްޔަނުކޮށް ހިންގުން ހަވާލު ކުރެއްވުމުގެ ކުރިން އެ މަގާމުގައި ހުންނެވީ ގާޒީ ހަސަން ސައީދުއެވެ.

ހައިކޯޓަށް ހުޒައިފާ ބަދަލުވުމުން ފެމެލީ ކޯޓުގެ ގާޒީއެއްގެ މަގާމު ވެސް މިހާރު ވަނީ ހުސްވެފައެވެ. ނަމަވެސް އަދި އެ މަގާމަށް ކުރިމަތިލުމަށް ހުޅުވައެއް ނުލައެވެ.

comment ކޮމެންޓް