ގުރައިދޫގައި ހިންގާ ގެސްޓްހައުސްއަކުން ކުނިވެފައި އޮތް މީހަކު ފެނިއްޖެ

ކ. ގުރައިދޫ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކ. ގުރައިދޫގައި ހިންގާ ގެސްޓް ހައުސްއެއްގެ ތެރޭގައި ކުނިވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ.

ފުލުހުން މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ ގުރައިދޫ ގެސްޓް ހައުސެއްގެ ކޮޓަރިއަކުން ކުނިވަސް ދުވާ ކަމުގެ މައުލޫމާތު އިއްޔެގެ 18:47ގައި ލިބިފައިވާ ކަމަށެވެ.

އެ ގެސްޓްހައުސްގެ ކޮޓަރި ތެރޭގައި މަރުވެފައި އޮއްވާ ފެނިފައިވަނީ އިނގިރޭސި ވިލާތަށް ނިސްބަތްވާ އުމުން 57 އަހަރުގެ އަންހެނެކެވެ.

ފުލުހުން އަންނަނީ މި މައްސަލަ ހިނގާފައިވާ ގޮތް އިތުރަށް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް