ވެމްކޯ ބަލިކޮށް ސްޕޯޓްސް ކުލަބް ސިޓީން ތަށި އުފުލާލައިފި

ވީއޭއެމް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަން ތަށި ސްޕޯޓްސް ކުލަބް ސިޓީން އުފުލާލަނީ --- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ވީއޭއެމް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގެ ފައިނަލް މެޗުގައި ކްލަބް ވެމްކޯގެ މައްޗަށް ސްޕޯޓްސް ކުލަބް ސިޓީން ކުރި ހޯދައި އެ މުބާރާާތުގެ ޝަރަފުވެރި ތަށި އެ ޓީމުން އުފުލާލައިފިއެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިރޭ ކުޅުނު އެސޯސިއޭޝަން ކަޕްގެ ފައިނަލް މެޗު ސިޓީން ކާމިޔާބުކުރީ 3-2 ސެޓުގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗު ވެފައިވަނީ ފޯރަގަދަ ފައިނަލް މެޗަކަށެވެ. އެ މެޗުގެ ފުރަތަމަ ސެޓު ހޯދައި ވެމްކޯއިން މެޗު ފެށީ އުންމީދާއެކުގައެވެ. އެ ސެޓު އެ ޓީމުން ކާމިޔާބު ކުރީ 25-15 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ނަމަވެސް ސިޓީން ފުރަތަމަ ސެޓުގައި ހެދުނު ގޯސްތައް ރަނގަޅުކޮށް އެ ޓީމުން ދެވަނަ ސެޓު ކާމިޔާބުކުރިއެވެ. އެ ސެޓު އެ ޓީމުން ކާމިޔާބުކުރީ 25-19ގެ ނަތީޖާއަކުންނެވެ.

މެޗުގެ ތިން ވަނަ ސެޓު ވެސް 25-19 އިން ކާމިޔާބުކުރީ ސިޓީއިންނެވެ. އެ ނަތީޖާއާއެކު ހަތަރު ވަނަ ސެޓަށް އެ ޓީމުން ނިކުތީ އެ ސެޓު ކާމިޔާބުކޮށް މެޗު ކާމިޔާބުކުރުމުގެ އަޒުމުގައެވެ.

ވީއޭއެމް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގެ ފައިނަލް މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުޙައްމަދު ޙައްޔާން

ހަތަރު ވަނަ ސެޓު ވެސް ސިޓީން ގެންދަނިކޮށް ފަހަތުންއަރައި ވެމްކޯއިން އެ ސެޓު ވަނީ ކާމިޔާބުކޮށްފައެވެ. އެ ސެޓު އެ ޓީމުން ކާމިޔާބުކުރީ 25-23 ގެ ނަތީޖާއަކުންނެވެ.

ނަތީޖާނެރުމަށް ކުޅުނު މެޗުގެ ހަތަރުވަނަ ސެޓު ވެފައިވަނީ ވަރަށް ފޯރިގަދަ ސެޓަކަށެވެ. ވަރަށް ހަމަހަމަކޮށް ދިޔަ އެ ސެޓު 17-19 އިން ގެންގޮސް ސިޓީ ވަނީ މެޗު ކާމިޔާބުކޮށްފައެވެ.

އެ ނަތީޖާއާއެކު ސިޓީން އެސޯސިއޭޝަން ކަޕް ކާމިޔާބުކުރިއިރު މުބާރާތުގެ ޑްރީމް ޓީމުގައި އެ ޓީމުގެ ދެ ކުޅުންތެރިން ވަނީ ހިމެނިފައެވެ.

މުބާރާތުގެ ޑްރީމް ޓީމް

  • އަލީ ހުޒާމް (ސްޕޯޓްސް ކުލަބް ސިޓީ)
  • ހުސައިން ޔޫސުފް (ސްޕޯޓްސް ކުލަބް ސިޓީ)
  • އާދަމް ނަސީމް (ދިވެހި ސިފައިންގެ ކުލަބް)
  • ހުސައިން ޝާހިދު (ދިވެހި ސިފައިންގެ ކުލަބް)
  • ހަސަން ނިލާމް (ގުޑީސް ސްޕޯޓްސް ކުލަބް)
  • އާދަމް ފައިރޫޒް (ކުލަބް ވެމްކޯ)
  • މުޙައްމަދު ނައީމް (ޕޮލިސް ކުލަބް)

ވީއޭއެމް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގެ ފައިނަލް މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުޙައްމަދު ޙައްޔާން

މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ޗެމްޕިއަން ސްޕޯސްޓްސް ކުލަބް ސިޓީގެ ކޯޗު ހުސެއިން ޝަރީފްއެވެ. އަދި މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާއަށް ހޮވިފައިވަނީ ޕޮލިސް ކުލަބުގެ މާއިޝް އަހުމަދެވެ. މުބާރާތުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިއާއަކީ ފައިނަލް މެޗުގެ ވެސް އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދައިފައިވާ ސިޓީގެ ވިނިތުއެވެ.

comment ކޮމެންޓް