ސައްކެޔޮ: ސިއްހަތަށް ފައިދާހުރި، ކާލަން މީރު މޭވާއެއް

ދުނިޔޭގެ އެންމެ ބިޔަ ގަސްތަކުގެ ތެރޭގައި ހިމެނޭ ސައްކެޔޮ ގަހުގައި އަޅާ މޭވާއަކީ ދިވެހިންނާ ރައްޓެހި މޭވާއެކެވެ. އެއީ ސިއްހަތަށް ފައިދާ ހުރި މާއްދާތައް ގިނަ އަދަދަކަށް އެކުލެވިގެންވާ މޭވާއެއްވެސްމެއެވެ.

ސައްކޭލަކީ ލޭގައި ހަކުރު ހުންނަ މިންވަރު އެއްވަރެއްގައި ބަހައްޓައިދިނުމަށް އެހީތެރިވެދޭ އެއްޗެކެވެ. އެގޮތުން، ސައްކޭލަކީ ގްލައިސިމިކް އިންޑެކްސް (ޖީއައި) ދަށް މޭވާއެެކެވެ. އެ އިންޑެކްސްއަކީ ލޭގައި ހަކުރު ހުންނަ މިންވަރު އިތުރުކޮށްދޭ މިންވަރު ބަލައި، ތަފާތު ކާނާތަކަށް ކަނޑައަޅާ އަދަދެކެވެ.

ސައްކޭލުގެ ޖީއައި ދަށް ސަބަބަކީ އެ މޭވާއަކި ފައިބަރުން މުއްސަނދި ވެފައިވާ މޭވާއެއްކަމަށްވާތީއެވެ. އެހެންކަމުން ސައްކެޔޮ ކެއުމަކީ ފަސޭހަކަމާއެކު ހަޖަމް ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ފައިބަރުގެ އިތުރުުން ސައްކޭލުގައި ގިނަ އަދަދަކަށް ޕްރޮޓީން އެކިލެވިގެންވެއެވެ. އެ ޕޮރޮޓީންއަކީ ލޭގައި ހަކުރު އެކުލެވޭ މިންވަރު ދަށްކޮށްދިނުމަށް އެހީތެރިވެދޭ މޭވާއެއްކަން ދިރާސާތަކުން ހޯދިފައިވެއެވެ.

މީގެ އިތުރުން ސައްކޭލަކީ ހަށިގަނޑަށް މުހިންމު ވިޓަމިނެއް ކަމަށްވާ ވިޓަމިން ބީ6 ލިއްބައިދިނުމަށް އެހީތެރިވެދޭ މޭވާއެކެވެ. ވިޓަމިން ބީ6އަކީ ފޮލިކް އެސިޑްއާއި ވިޓަމިން ބީ12އާ އެއްގޮތަށް، ހިތުގެ ބަލިތައް މަދުކުރުމަށް އެހީތެރިވެދޭ ވިޓަމިނެކެވެ.

ހަމައެއާއެކު ސައްކޭލަކީ އެންޓިއޮކްސިޑެންޓްތަކާއި ކެންސަރާ ހަނގުރާމަ ކުރާ ފައިޓޯނިއުޓްރިއެންޓްސްއިން މުއްސަނދި ވެފައިވާ މޭވާއެއްކަމަށް އެމެރިކާގެ ޕެން ސްޓޭޓް ޔުނިވާސިޓީގެ ދިރާސާތަކުން ދައްކައެެވެ.

ސައްކޭލަކީ ނުރައްކާތެރި އެތައް ބަލިތަކުން ހަށިގަނޑު ރައްކާތެރިކޮށްދޭ މޭވާއެއްކަމުން، މި މޭވާ ކެއުމުގެ ތެރޭގައި ހިމެނުމަކީ މުހިން މުކަމެކެވެ.

comment ކޮމެންޓް