ހައްޖު އަދި އުމްރާ ހެލްތު ސްކްރީނިން ޕެކޭޖްތައް ޓްރީޓޮޕް ހޮސްޕިޓަލުން ތައާރަފްކޮށްފި

ޓްރީޓޮޕް ހޮސްޕިޓަލް --- ފޮޓޯ/ ޓްރީޓޮޕް

ހައްޖު އަދި އުމްރާ ދަތުރުވެރިންނަށް ހާއްސަ ދެ ހެލްތު ސްކްރީނިން ޕެކޭޖެއް ޓްރީ ޓޮޕް ހޮސްޕިޓަލުން ތައާރަފްކޮށްފިއެވެ.

އެ ހޮސްޕިޓަލުން ތައާރަފްކުރި ދެ ޕެކޭޖުގެ ތެރޭގައި ހިމެނެނީ ޕްރިލިމިނަރީ މެޑިކަލް ޗެކްއަޕް އާއި ޕޯސްޓްމެޑިކަލް ޗެކްއަޕްއެވެ. އެ ދެ ޗެކް އަޕް ވަކި ވަކިން ފުރިހަމަކުރުމުގެ އިޚްތިޔާރު ވެސް ހައްޖު އަދި އުމްރާ ދަތުރުވެރިންނަށް ލިބޭނެއެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ ތައާރަފް ކުރި ދެ ޕެކޭޖުގެ މަގްސަދަކީ ހައްޖު އަދި އުމްރާގެ ދަތުރު ފެށުމުގެ ކުރިން އަދި ނިމުމަށްފަހު ފުރިހަމަ ސިއްހަތެއްގައި ހުރިތޯ ފަސޭހަކަމާއިއެކު ބަލައި ޑޮކްޓަރުގެ އިރުޝާދު ހޯދުމެވެ.

"ހައްޖުގެ އަޅުކަން އެންމެ ފުރިހަމައަށް އަދާ ކުރުމަށް ދުޅަހެޔޮ ސިއްހަތެއް ހުރިތޯ ބެލުމަކީ މުހިންމުކަމެއް. އަދި ހައްޖުގެ އަޅުކަމަށްފަހު ހައްޖުވެރިން އެނބުރި އަންނައިރު ބަލިފެތުރުމަކީ އެކަށީގެންވާ ކަމެއް. އެހެންވީމަ ހައްޖުގެ ދަތުރަށްފަހު ޓެސްޓުތައް ފުރިހަމަކޮށް ޑޮކްޓަރުގެ އިރުޝާދު ހޯދުން މުހިއްމު," ޓްރީޓޮޕް ހޮސްޕިޓަލުން ބުންޏެވެ.

އެ ދެ ސްކްރީނިންގެ ޕެކޭޖު ފަރުމާ ކޮށްފައިވަނީ އެޗްޕީއޭ އާއި ސައުދީ އަރަބިއާ ސަރުކާރުގެ އިތުރުން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފެމިލީ މެޑިސިން ކޮންސަލްޓަންޓު ކަނޑައަޅާފައިވާ މިންގަނޑުތަކަށް ބިނާކޮށްގެންނެވެ.

comment ކޮމެންޓް