ރަސްމީ ދަތުރުފުޅެއްގައި ރައީސް ފުނަދޫއަށް

ރަސްމީ ދަތުރުފުޅެއްގައި ރައީސް ށ. ފުނަދޫއަށް ފުރައިވަޑައިގަންނަވަނީ -- ފޮޓޯ/ ރައީސް އޮފީސް

ރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ށ. ފުނަދޫއަށް މިއަދު ފުރައިވަޑައިގެންފިއެވެ.

މި ދަތުރުފުޅަކީ ފުނަދޫ ސްކޫލަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ޚާއްޞަ ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށް ރައީސް އެ ރަށަށް ކުރައްވާ ޒިޔާރާތެކެވެ. އެ ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށްފަހު މާދަމާ މެންދުރު ނަމާދަށްފަހު ރައީސް ނ. ހޮޅުދޫއަށް ފުރައިވަޑައިގަންނަވަން ވަނީ ހަމަޖެހިފައެވެ.

ހޮޅުދޫ ރައްޔިތުންގެ ޚާއްޞަ ދައުވަތަކަށް ރައީސް އެރަށަށް ވަޑައިގަންނަވަނީ އެރަށު މޭނާ ސްކޫލަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށެވެ.

ރައީސްގެ އެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި މާލެ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ އާދިއްތަ ދުވަހު ހެނދުނެވެ.

comment ކޮމެންޓް