ރޯވި ސަފާރީ އެއްކޮށް އަޑިއަށް ގޮސްފި

ރޯވި ސަމާފީ -- ފޮޓޯ/ އެމްއެންޑީއެފް

ރޭ އަލިފާން ރޯވި ސަފާރީ އެއްކޮށް އަޑިއަށް ގޮސްފައި ވާކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

ނުވަ މީހުންނާއި އެކު ދަތުރުކުރި ސަފާރީއެއްގައި ރޯވެ އަނދަމުން ދާކަމަށް އެމްއެންޑީއެފްއިން ބުނެފައި ވަނީ ރޭ ދަންވަރުއެވެ.

އެމްއެންޑީއެފްއިން ބުނީ، އަލިފާން ރޯވެފައިވަނީ ރޭ 22:51 ހާއިރު ކ. ގާފަރާ ދިމާ 13 މޭލު ހުޅަނގުން ދަތުރު ކުރި "އަވި" ނަމަކަށް ކިޔާ ސަފާރީއެއްގައި ކަމަށެވެ.

ޖުމްލަ ނުވަ މީހުންނާއެކު ދަތުރުކުރަމުން ދިޔަ ސަފާރީގައި ހިމެނެނީ ތިން ފަތުރުވެރިންނާއި ހަ ފަޅުވެރިންނެވެ.

ރޯވި ސަމާފީ -- ފޮޓޯ/ އެމްއެންޑީއެފް

އެމްއެންޑީއެފް އިން ބުނީ މަޢުލޫމާތު ލިބުމާއެކު ކޯސްޓްގާޑް ފަޔަރު ލޯންޗާއި ހާބަކްރާފްޓް ލޯންޗުގެ އިތުރުން ސީ އެމްބިއުލާންސުން މީހުން ސަލާމަތް ކުރުމަށް ހަރަކާތް ތެރި ވެފައިވާކަމަށެވެ.

ސަފާރީ އުޅަނދުގެ ކްރޫއިންނާއި ފަސެންޖަރުން ތިބީ ސަފާރީގެ ޑައިވިންގް ދޯނީގައި ހެޔޮހާލުގައި ކަމަށާއި ޑައިވިން ދޯނީގައި ތިބި މީހުން ކޯސްޓްގާޑްގެ ސީއެމްބިއުލާސްގެ އެހީތެރިކަމާއިއެކު ވަނީ ގާފަރަށް ގެންގޮސްފައި ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ރޯވި ސަފާރީ އެއްކޮށް އަޑިއަށް ގޮސްފައި ވާއިރު، އެމްއެންޑީއެފްގެ ކޯސްޓްގާޑް ހާބާކްރާފްޓާއި ފަޔާ ލޯންޗް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

comment ކޮމެންޓް