ވީއޭއެމް އެސޯސިއޭޝަން ކަޕް: ސިފައިން އޮއްފު ބަލިކޮށްފި

ވީއޭއެމް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގައި ދިވެހި ސިފައިންގެ ކުލަބާއި އޮއްފު އެފްސީ ބައްދަލުކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުޙައްމަދު ނާއިލް ހުސައިން

ވީއޭއެމް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގައި މިއަދު ހަވީރު ކުޅުނު މެޗުގައި ދިވެހި ސިފައިންގެ ކުލަބުން އޮއްފު އެފްސީ ބަލިކޮށްފިއެވެ.

އެ މެޗު ސިފައިން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. އެ ޓީމު އެންމެ ފަހުން ކުޅުނު މެޗުގައި ވަނީ ތިން ސެޓުން ވެމްކޯ ބަލިކޮށްފައެވެ. އަދި މިއަދުގެ މެޗުން ބަލިވި އޮއްފު ވަނީ ޕޮލިސް ކުލަބު އަތުން 3-1 ސެޓުން ބަލިވެފައެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިއަދު ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ވާދެވެރި މޮޅު ކުޅުމެކެވެ. އެގޮތުން މެޗުގެ ފުރަތަމަ ސެޓު ފަސޭހަކަމާއެކު ސިފައިން ގެންދިޔައީ 25-13ގެ ނަތީޖާއަކުންނެވެ.

ވީއޭއެމް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގައި ދިވެހި ސިފައިންގެ ކުލަބާއި އޮއްފު އެފްސީ ބައްދަލުކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުޙައްމަދު ނާއިލް ހުސައިން

މީގެ އިތުރުން މި ސެޓުގައި ވެސް އެހައިމެ ވާދަވެރި ކުޅުމެއް ވަނީ ދެ ޓީމުގެ ފަރާތުން ފެނިފައެވެ. އެ ސެޓު ވެސް ގެންގޮސްފައިވަނީ ސިފައިންގެ ޓީމުންނެވެ. އެ ޓީމުން އެ ސެޓު ކާމިޔާބުކުރީ 25-16 އިންނެވެ.

މެޗުގެ ތިންވަނަ ސެޓު ގައި އޮއްފުގެ ކުޅުން ރަނގަޅުކޮށް މުހިންމު ޕޮއިންޓުަތަކެއް އެ ޓީމުން ވަނީ ހޯދާފައެވެ. ނަމަވެސް އެ ސެޓު ކާމިޔާބުކުރީ ސިފައިންގެ ކުލަބުންނެވެ. އެ ސެޓު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 25-21ގެ ނަތީޖާއަކުންނެވެ.

އެ މުބާރާތުގައި މިރޭ ވެސް މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މިރޭ 8:15ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ޕޮލިސް ކުލަބާއި، ގުޑީސް ސްޕޯޓްސް ކުލަބެވެ.

comment ކޮމެންޓް