ރަސްމީ ދަތުރުފުޅެއްގައި ރައީސް ފުނަދޫއާއި ހޮޅުދޫއަށް ވަޑައިގަންނަވަނީ

ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ: ރައީސް އޮފީސް

ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ށ. ފުނަދޫއާއި ނ. ހޮޅުދޫއަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.

މިކަން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވަނީ މިއަދު މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ.

ރައީސް ފުނަދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުއެވެ. އެއީ ފުނަދޫ ސްކޫލަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ޚާއްސަ ޖަލްސާއަށެވެ. އެ ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށްފަހު ރައީސް ހޮޅުދޫއަށް ފުރައިވަޑައިގަންނަވަން ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހު މެންދުރު ނަމާދަށްފަހުއެވެ.

ހޮޅުދޫ ރައްޔިތުންގެ ޚާއްސަ ދައުވަތަކަށް ރައީސް އެރަށަށް ވަޑައިގަންނަވަނީ އެރަށު މޭނާ ސްކޫލަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށެވެ.

ރައީސްގެ އެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި މާލެ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ އާދިއްތަދުވަހު ހެނދުނެވެ.

comment ކޮމެންޓް