ހަވާ އެރުވުން ހިމެނޭހެން ވިލިމާލޭގައި ކުލަގަދަކޮށް އީދު ފާހަގަ ކުރަނީ

ވިލިމާލެ -- ސަން ފައިލް ފޮޓޯ

ހަވާ އެރުވުން ހިމެނޭހެން ވިލިމާލޭގައި ކުލަގަދަކޮށް އީދު ފާހަގަ ކުރުމަށް ވާންޖެހޭ ތައްޔާރީތައް ފަށައިފިއެވެ.

މާލެ ސިޓީ ކައުންސިލްގެ ވިލިމާލޭ ކައުންސިލަރު ނަހުލާ އަލީ މިއަދު "ސަން"އަށް ވިދާޅުވީ، އެކި ފަރާތްތަކުގެ އެހީއާއެކު، ވިލިމާލޭގައި އީދު ފާހަގަ ކުރަން ގިނަ ކަންތައްތަކެއް ރާވާ ކަމަށެވެ.

ނަހުލާ ވިދާޅުވީ، އީދުގެ މުނާސަބަތުގައި ވިލިމާލޭގައި ދިވެހި ސަގާފީ ކުޅިވަރުތަކަކާއި ފުޓްސަލް މުބާރާތެއް އޮންނާނެ ކަމަށެވެ.

މީގެ އިތުރުން، ކުޑަކުދިންނަށް ހާއްސަކޮށްގެން ހަވީރެއް ބޭއްވުމާއި ރާއްޖޭގެ މަޝްހޫރު ފަންނާނުން ބައިވެރިވާ މިއުޒިކް ޝޯއެއްވެސް އޮންނާނެ ކަމަށް ނަހުލާ ވިދާޅުވިއެވެ.

އެ ފުޓްސަލް މުބާރާތާއި ކުޑަކުދިންގެ ހަވީރާއި ހަވާ އެރުވުމުގެ އިތުރުން މިއުޒިކްޝޯއަށް ހަރަދު ކުރުމާއި އެ ހަރަކާތްތައް ބޭއްވުމުގައި އިސްކޮށް ހަރަކާތްތެރި ވަނީ ނަހުލާއެވެ.

އާ އަހަރު ފާހަގަ ކުރުމަށް މި އަހަރުގެ ފުރަތަމަ ދުވަހު ހުޅުމާލޭގައި ވަނީ ހަވާ އަރުވާފައެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި އެރޭ ހަވާ އަރުވާތަން ބަލަން ގިނަ އަދަދަދެއްގެ ބަޔަކު އެ ޕާކަށް ޖަމާވިއެވެ.

comment ކޮމެންޓް