ތަކެތީގެ އަގު ތިރިކުރުމަށް ގޮވާލާ ހުށަހެޅި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް--ފޮޓޯ/މަޖިލިސް

ތަކެތީގެ އަގު އިންތިހާއަށް އުފުލެމުން ދާތީ އެ ތަކެތީގެ އަގުތައް ތިރިކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިިފިއެވެ.

މި މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައިވަނީ މަޑުއްވަރީ ދާއިރާގެ އިދިކޮޅު ޕީއެންސީގެ މެންބަރު އާދަމް ޝަރީފެވެ.

މި މައްސަލަ މަޖިލީހުން ބަލައި ނުގަނެ ބެރުކޮށްލާފައިވަނީ ވޯޓުދެއްވި 38 މެންބަރުންގެ ތެރެއިން 29 މެންބަރަކު އެ މައްސަލަ ބަލައިގަތުމަށް ނުފެންނަކަމަށް ވޯޓުދީގެންނެވެ.

މި މަައްސަލަ ހުށަހަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވީ ދިވެހިން އާއްމު ދިރިއުޅުމަށް ކޮންމެހެން ބޭނުންކުރާ މުދަލުގެ އަގުބޮޑުވެ، އަތްނުފޯރާ ހިސާބަށް އަގުތައް އުފުލިފައިވާ ކަމަށެވެ.

އެގޮތުން ޚާއްސަކޮށް މިފްކޯގެ މަސްދަޅު އަގުބޮޑުކުރުމުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދުތައް އިންތިހާއަށް ބޮޑުވުމާއި ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ޓިކެޓު އަގުބޮޑުވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި އިމާރާތްކުރުމަށް ބޭނުންކުރާ ސިމެންތި އަދި ދަގަނޑުގެ ބާވަތްތަކުގެ އަގު ބޮޑުވެފައިވާކަން ފާހަގަކުރެއްވިއެވެ.

އެހެންވެ ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން އުފައްދާ ތަކެތީގެ ތެރެއިން ދިވެހީން އާންމު ދިރިއުޅުމަށް ބޭނުންކުރާ ތަކެއްޗާއި އަދި އަތްނުފޯރާ ހިސާބުގައި ހުރި އަގުތައް ކޮންޓްރޯލްކޮށް ބާޒާރުގައި ހުރި ތަކެތީގެ އަގު ހިފެހެއްޓުމަށް ސަރުކާރުގެ ކުންފުނިތަކުން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް އޭނާވަނީ ގޮވާލާފައެވެ.

comment ކޮމެންޓް