ހިތަދޫ ޕޯޓުގެ މުވައްޒަފުންނަށް ޚާއްސަ ޓްރެއިނިން ޕްރޮގްރާމެއް

އައްޑޫ ސިޓީ ހިތަދޫ ޕޯޓުގެ މުވައްޒަފުންނަށް ޚާއްސަކޮށް ކުރިއަށްގެންދާ ޓްރެއިނިން ޕްރޮގްރާމްގެ ތެރެއިން

އައްޑޫ ސިޓީ ހިތަދޫ ޕޯޓުގެ މުވައްޒަފުންނަށް ދެ ދުވަހުގެ ޚާއްސަ ޓްރެއިނިން ޕްރޮގްރާމެއް ފަށައިފިއެވެ.

ހިތަދޫ ޕޯޓު ލިމިޓެޑުގެ މައި އޮފީހުގައި "ލީޑާޝިޕް އެންޑް ޗޭންޖް މެނޭޖްމަންޓް ޕްރޮގްރާމު"ގެ ނަމުގައި ކުރިޔަށް ގެންދާ މި ޓްރެއިނިން ޕްރޮގްރާމަކީ މުވައްޒަފުން މޯޓިވޭޓްކުރުމާއި ޕްރޮޑަކްޓިވިޓީ އިތުރުކޮށް މުވައްޒަފުންގެ ކޮންފިޑެންސް ލެވެލް އިތުރުކުރުމުގެ މަގުސަދުގައި ހިންގާ ޕްރޮގްރާމެކެވެ.

މީގެއިތުރުން، މަސައްކަތުގެ މާހައުލުގައި ދިމާވާ އެކި ކަންކަމުގައި ގުޅިގެން ކުރިޔަށް ގެންދެވޭނެ އެކި ގޮތްގޮތާއި ބެހޭ ގޮތުން، މި ސެޝަންތަކުގައި އަލިއަޅުވާލާނެެވެ. އަދި ކުންފުނީގެ އޮޕަރޭޝަންސް ތަކުގައި ބޭނުންކުރާ އެކި އުޅަނދުތަކުގެ މައުލޫމާތުގެ އިތުރަށް "ޕޯޓް ޓާމްސް" އާއި ބެހޭ ގޮތުންވެސް މި ޕްރޮގްރާމްގައި މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އައްޑޫ ސިޓީ ހިތަދޫ ޕޯޓުގެ މުވައްޒަފުންނަށް ޚާއްސަކޮށް ކުރިއަށްގެންދާ ޓްރެއިނިން ޕްރޮގްރާމްގެ ތެރެއިން

އެމްޕީއެލްގެ ޕޯޓު ލާނިންގ އެންޑް ޑިވެލޮޕްމަންޓް (ޕީޓީސީ)ން ކުރިޔަށް ގެންދާ މި ޕްރޮގްރާމް ވަނީ މާލޭ ކޮމާޝަލް ހާބަރުގައި މަސައްކަތްކުރާ މެނޭޖަރުންނާއި، ހުޅުމާލޭ އިންޓަނޭޝަނަލް ޓާމިނަލްގައި މަސައްކަތް ކުރާ މެނޭޖަރުންނަށްވެސް ކުރިޔަށް ގެންގޮސްފައެވެ. އެމްޕީއެލްގެ ދަށުން މެނޭޖްކުރަމުން އަންނަ އައްޑޫސިޓީ ހިތަދޫ ޕޯޓުގައި މި ޕްރޮގްރާމް ކުރިޔަށް ގެންދަނީ ހުރިހާ މުވައްޒަފުންނަށް ހުޅުވާލައިގެންނެވެ. އެގޮތުން، އެމްޕީއެލްގެ އެކި އިދާރާތަކުގައި މަސައްކަތް ކުރާ 40 މުވައްޒަފުން ވަނީ މި ޕްރޮގްރާމުގައި ބައިވެރިވެފައެވެ.

އައްޑޫ ސިޓީ ހިތަދޫ ޕޯޓުގެ މުވައްޒަފުންނަށް ޚާއްސަކޮށް ކުރިއަށްގެންދާ ޓްރެއިނިން ޕްރޮގްރާމްގެ ތެރެއިން

އައްޑޫސިޓީ ހިތަދޫ ޕޯޓުގައި ހިންގާ ޕްރޮގްރާމްގެ ލެކްޗަރާއެއްގެ ގޮތުގައި ހަރަކާތްތެރިވާ، އާދަމް ނަސީރަކީ ޖޯންސީ މެކްސްވެލް ސެޓިފައިޑް ކޯޗު، ޓްރެޓްރެ މާސްޓާ ފެސިލިޓޭޓާ އަދި އެންއެލްޕީ ގެ މާރސްޓާ ޕްރެކްޓިޝަނާއެކެވެ.

ނަސީރަކީ 20 އަހަރަށްވުރެން ގިނަ ދުވަހު ހިއުމަން ރިސޯސަސް އެންޑް އެމްޕްލޯއީ ޑިވެލޮޕްމަންޓްގެ ދާއިރާގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

comment ކޮމެންޓް