ދިވެހީންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް ދާއިމީ ލައިސަންސް ދޫކުރަނީ

މާލޭގެ ބޮޑުތަކުރުފާނުމަގު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހީންނާ ކައިވެނި ކޮށްގެން އުޅޭ ބިދޭސީންނަށް އެއްގަމު އުޅަނދު ދުއްވުމުގެ ދާއިމީ ލައިސަންސް ދޭން ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ގެޒެޓުކުރި އެއްގަމު އުޅަނދު ދުއްވުމުގެ ގަވާއިދަށް ގެނައި ފުރަތަމަ އިސްލާހުގައި ވަނީ ދިވެހީންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް ވެސް މިއަދުން ފެށިގެން ދާއިމީ ލައިސަންސް ލިބޭނެކަމަށެވެ. އަދި ދިވެހީންނެކޭ އެއްފަދައިން އެމީހުންގެ ލައިސަންސް ވެސް އާކުރަން ޖެހޭނީ 10 އަހަރު ފަހުންނެވެ. ކުރިން ގަވާއިދުގައިވާ ގޮތުންނަމަ އެފަދަ މީހުން ކޮންމެ އަހަރަކު އެއްފަހަރު ލައިސަންސް އާކުރަންޖެހޭނެއެވެ.

ބިދޭސީންގެ ލައިސަންސަށް މިގެނައި ބަދަލާއެކު ދިވެހީންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް ލައިސަންސް އާކުރުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ.

comment ކޮމެންޓް