އެސޯސިއޭޝަން ކަޕްގެ ކުރިން ވީއޭއެމްއިން ޓީމުތަކަށް ބިދޭސީ 18 ކުޅުންތެރިން ބަހާލައިފި

ވީއޭއެމް އިން ޓީމުތަކަށް ކުޅުންތެރިން ބެހުމަށް ބޭއްވި ޑްރާފްޓް ނައިޓްގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

ވީއޭއެމް އެސޯސިއޭޝަން ކަޕުގެ ފިރިހެން ޑިވިޝަނުގެ މެޗުތައް މި މަހު ފެށުމުގެ ކުރިން އެ އެސޯސިއޭޝަނުން 18 ކުޅުންތެރިން ޓީމުތަކަށް ބަހާލައިފިއެވެ.

ޓީވީއެމް ސްޓޫޑިއޯގައި ރޭ ބޭއްވި ޑްރާފްޓް ނައިޓްގައި ވަނީ އިންޑިއާ ވޮލީ ލީގުން ފާހަގަކުރެވުނު 18 ކުޅުންތެރިން އެކި ޓީމަށް ބަހާލައިފައެވެ.

ޓީމުތަކަށް ކުޅުންތެރިން ބަހައިފައިވަނީ ޓީމުތަކުން ކުޅުންތެރިން ބޭނުންވާ މަގާމުތައް ހާމަކުރުމުން އެ މަގާމަށް ކުޅޭ ބިދޭސީ ކުޅުންތެރިންގެ މެދުގައި ގުރުލައިގެންނެވެ.

ކުލަބްތަކަށް ކުޅުންތެރިން ބަހައިފައިވާ ގޮތް:

ޕޮލިސް ކްލަބް:

  • މުތޫ ސާމީ - ސެޓަރު
  • އަނޫ ޖޭމްސް - އައުޓްސައިޑް އެޓޭކާ
  • އަކިންހް - ބްލޮކާ

ކްލަބް ވެމްކޯ:

  • އަޝްވަލް ރާއީ - ބްލޮކާ
  • ރަންޖިތް ސިންހް - ސެޓަރު
  • އަމިތް ސިންހް - އައުޓްސައިޑް އެޓޭކާ

ވީއޭއެމް އިން ޓީމުތަކަށް ކުޅުންތެރިން ބެހުމަށް ބޭއްވި ޑްރާފްޓް ނައިޓްގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

ގުޑީސް:

  • ރިޔާޒުއްދީން - އައުޓްސައިޑް އެޓޭކާ
  • ވަރުން - އައުޓްސައިޑް އެޓޭކާ
  • މޯހިތު ޝަރަވަތު - ބްލޮކާ

އޮފު އެފްސީ:

  • އަމިތު ގުލިއާ - އައުޓްސައިޑް އެޓޭކާ
  • ގުރޫ ޕަރްޝާންތު - އޮޕޮސިޓް ޕްލޭ
  • ޖޯން ޖޯސެފް - ބްލޮކާ

ދިވެހި ސިފައިންގެ ކްލަބް:

  • ޝޯން ޓީ ޖޯން - އައުޓްސައިޑް އެޓޭކާ
  • ކާތިކް - ބްލޮކާ
  • މަނޫ ޖޯސެފް - އޮޕޮސިޓް ޕްލޭ

ސްޕޯޓްސް ކްލަބް ސިޓީ:

  • ވިނީތު ކުމާރް - އޮޕޮސިޓް ޕްލޭ
  • ހަރްދީބް ސިންގް - އައުޓްސައިޑް އެޓޭކާ
  • ވިނާޔަތް - ސެޓަރު

އެ ހަފްލާގައި ނައިބު ރައީސް ފައިސަލް ނަސީމް ވަނީ މި އަހަރުގެ ސީޒަންގައި ކުރިއަށްދާ ތިން މުބާރާތުގެ ލޯގޯ އިފްތިތާހުކޮށްދެއްވާފައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ ކުޅިވަރުގައި ކުރިން އޮތް ފޯރި ގެނައުމަށް އެންމެން އެކުގައި މަސައްކަތް ކުރަން ޖެހޭކަމަށެވެ.

ވީއޭއެމް އިން ޓީމުތަކަށް ކުޅުންތެރިން ބެހުމަށް ބޭއްވި ޑްރާފްޓް ނައިޓްގައި ނައިބު ރައީސް ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގެ ވޮލީ ކުރިއެރުވުމަށް ބިދޭސީ ކުޅުންތެރިންގެ ދައުރު ވެސް އެބައޮތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ބިދޭސީ ކުޅުންތެރިންނާއެކު، ރާއްޖޭން ވޮލީގައި ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑި ހާސިލް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށެވެ.

ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ރާއްޖޭގެ ޓީމު ވާދަކޮށް ރަން ވަނަ ވެސް ކުރިއަށް އޮތްތަނުގައި ހޯދާނެކަމުގެ ޔަގީންކަން އެބަ އޮތްކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް