އީއެލްއޭ ފުޓްސަލް ޗެލެންޖު: މަނަދޫ ފުޓްބޯޅަ ޓީމާއި ޔުނައިޓެޑް އެފްސީން މުބާރާތް ފެށީ މޮޅަކުން

މަގޫދޫ އެސޯސިއޭޝަން ފޯ އޯލް (މަފާ) އާއި މަނަދޫ ފުޓުބޯޅަ ޓީމު ބައްދަލު ކުރި މެޗުގެ ތެރެއިން--- ފޮޓޯ/ މިލަދޫ ޔޫތު މޫވްމަންޓު

މިލަދޫ ޔޫތު މޫވްމަންޓުން އިންތިޒާމުކޮށްގެން ބާއްވާ އީއެލްއޭ ފުޓްސަލް ޗެލެންޖު 2022ގެ ފުރަތަމަ ރޭ ކުޅުނު މެޗުތަކުން މަނަދޫ ފުޓުބޯޅަ ޓީމް އަދި ޔުނައިޓެޑް އެފްސީ މޮޅުވެއްޖެއެވެ.

މިލަދޫ ފުޓްސަލް ދަނޑުގައި ރޭ ފުރަތަމަ ކުޅުނީ މަގޫދޫ އެސޯސިއޭޝަން ފޯ އޯލް (މަފާ) އާއި މަނަދޫ ފުޓުބޯޅަ ޓީމު ބައްދަލު ކުރި މެޗެވެ. އެ މެޗު ފެނިގެން ދިޔައީ ވަރަށް ފޯރިގަދަ މެޗެއްގެ ގޮތުގައެވެ. އެ މެޗު މަނަދޫ ފުޓުބޯޅަ ޓީމުން ކާމިޔާބު ކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ހަމަހަމަ ކޮށެވެ. އެހެން ނަމަވެސް ދެ ޓީމަށް ވެސް ގޯލު ޖަހާނެ ރަނުގެ ފުރުސަތު ތަކެއް ވަނީ ލިބި ބޭކާރު ވެފައެވެ.

ދެވަނަ ހާފުގައި މަނަދޫ ފުޓުބޯޅަ ޓީމުގެ އައްސަދު އަބްދުލްވައްހާބު ވަނީ މެޗުގެ ހަމައެކަނި ގޯލު ޖަހަައިދީ މަނަދޫ ޓީމު އެ މެޗުން މޮޅުކޮށްދީފައެވެ.

ރޭގެ ދެވަނަ މެޗުގައި ބައްދަލުކުރީ މަޖިސްޓާ އާއި ޔުނައިޓެޑް އެފްސީއެވެ. އެ މެޗު ޔުނައިޓެޑް އެފްސީއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

މަޖިސްޓާ އާއި ޔުނައިޓެޑް އެފްސީ ބައްދަލުކުރި މެޗުގެ ތެރެއިން--- ފޮޓޯ/ މިލަދޫ ޔޫތު މޫވްމަންޓު

އެ މެޗުގެ ފަށައިގެން މާ ގިނައިރުތަކެއް ނުވަނީސް ޔުނައިޓެޑް އެފްސީއިން ވަނީ ގޯލު ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލު ޖަހައިފައިވަނީ އެ ޓީމުގެ އަބްދުﷲ ޝަމީމްއެވެ. ނަަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން މަޖިސްޓާއިން ގޯލެއް ޖަހައި ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެ ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެ ޓީމުގެ އިރުޝާދު އަދުނާނެވެ.

ދެވަނަ ހާފު ފަށައިގެން ޔުނައިޓެޑް އެފްސީއިން ވަނީ ދެ ގޯލު ޖަހައިދީފައެވެ. އެ ގޯލުތައް ޖަހާދީފައިވަނީ އެ ޓީމުގެ އިބްރާހީމް ފަރީދުގެ އިތުރުން ފުރަތަމަ ގޯލު ވެސް ޖަހައިދިން ޝަމީމްއެވެ.

ރޭ ކުޅުނު ގްރޫޕް އޭ ގެ ދެ މެޗުން މަނަދޫ ފުޓުބޯޅަ ޓީމް އަދި ޔުނައިޓެޑް އެފްސީ މޮޅުވި ނަމަވެސް ޔުނައިޓެޑް އެފްސީއަށް ގުރޫޕްގެ އެއްވަނަ ލިބެނީ ފައިދާ ދެ ގޯލުގެ ތަފާތުންނެވެ.

މިއަދު ހަވީރު ވެސް ދެ މެޗު އެ މުބާރާތުގައި ކުޅެން ވަނީ ހަމަޖެހިފައެވެ. ގުރޫޕް ބީ ގެ އެ މެޗުތަކުގައި ބައްދަލުކުރަނީ އިންވެޑާސް އާއި ޗިކޯސް އެފްސީގެ އިތުރުން ބްލަޑްސް އާއި ސަސްޕަޓިސް އެވެ.

comment ކޮމެންޓް