އެމްޑީޕީގެ ޗެއާޕާސަންކަމާ ފައްޔާޒް ރަސްމީކޮށް ހަވާލުވެއްޖެ

ޗެއާޕާސަންކަމާ ހަވާލުވުމަށްފަހު ސްކްރެޓޭރިއެޓްގެ ވެރިންނާ ފައްޔާޒު ބައްދަލުކުރައްވަނީ --- ފޮޓޯ/އެމްޑީޕީ

އެމްޑީޕީގެ ޗެއާޕާސަންކަމާ ރަސްމީކޮށް ފައްޔާޒު އިސްމާޢިލް ހަވާލުވެވަޑައިގެންފިއެވެ.

އެމްޑީޕީން ކުރި ޓްވީޓެއްގައި ވަނީ ފައްޔާޒް ޗެއާޕާސަންގެ މަގާމާ ރަސްމީކޮށް ހަވާލުވެވަޑައިގެން، ޕާޓީގެ ސެކްރެޓޭރިއޭޓްގެ ވެރިންނާއި ބައްދަލު ކުރައްވާފައިވާ ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ސެކްރެޓްރިއޭޓްގެ ވެރިންނާއި، އެޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސާގެ މަގާމަށް އިންތިޚާބުވެ ވަޑައިގަތް، އައްޑޫ މީދޫ ދާއިރާގެ ރައްޔިތުން މަޖިލިސް މެންބަރު ރޮޒައިނާ އާދަމްގެ އިތުރުން، ޒުވާނުންގެ ހިއްވަރުގެ ރައީސްގެ މަގާމަށް އިންތިހާބުވި ރިފްގާ ޝިހާމް ބައިވެރިވެވަޑައިގަތެވެ.

އިކޮނޮމިކް މިނިސްޓަރުކަން ކުރައްވާ ފައްޔާޒް އެ މަގާމަށް ހޮވުނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އާ ވާދަކޮށްގެންނެވެ.

ފޯރި ގަދަ ކެމްޕެއިނަކަށް ފަހު މިމަހު 12 ވަނަ ދުވަހު ބޭއްވި އިންތިޚާބު ފައްޔާޒް ކާމިޔާބު ކުރެއްވީ 58 ޕަސެންޓު ވޯޓުންނެވެ. އެ އިންތިޚާބުގައި ސާޅީސް ހާހަށްވުރެ ގިނަ އެމްޑީޕީގެ މެންބަރުން ވޯޓުލާފައިވެއެވެ.

comment ކޮމެންޓް