މުދާ އަރުވައިގެން ދަތުރުކުރާ އުޅަނދުތަކުން ވައްކަންކުރާތީ ސަމާލުވުމަށް އެދެފި

މެއި 14، 2020: ބާޒާރުމަތީގައި މުދާ ބަރުކޮށްގެންދިޔަ ޕިކަޕެއް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މުދާ އަރުވައިގެން ދަތުރުކުރާ ޕިކަޕު ލޮރީ ފަދަ އުޅަނދުތަކުން ވައްކަން ކުރާތީ ސަމާލުވުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން އެދެފިއެވެ.

އެކަމާ ގުޅިގެން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މުދާ އަރުވައިގެން ދަތުރުކުރާ ޕިކަޕު ނުވަތަ ލޮރީ މަގުމަތީގައި މަޑުކޮށްފައި އޮންނަ އިރު އެ އުޅަނދުތަކުގައި ހުންނަ މުދާ ވަގަށްނަގާކަމަށެވެ.

އެންމެ ފަހުން ރިޕޯޓުކޮށްފައިވާ މިފަދަ މައްސަލައަކީ ސިނގިރޭޓު ކޭސްތަކެއް ވަގަށް ނެގުމުގެ މައްސަލައެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެފަދަ އުޅަނދުތަކުން ވައްކަންކުރުން އިތުރުވެފައިވާތީ ޚާއްސަ ސަމާލުމަކެއް ދީގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް